theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ވައުދު ގޯނި ހިއްޕަވައިގެން ރައީސް މުއިއްޒު ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ
Yana Shareef
ޔާނާ ޝަރީފް
02 ނޮވެމްބަރު 2025

ރައްޔިތުންގެ ކުރިމަތީ ދޮގު ހަދައި އޮޅުވާލުމުގެ ނިޔަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު މި ހަފްތާ ތެރޭ ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ވަޑައިގަންނަވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބުނުގޮތުގައި، ރައީސް މުއިއްޒު ދެ ސިޓީއަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނީ އަންގާރަ ދުވަހުއެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ފުވައްމުލައް ސިޓީއަށެވެ.

އަދި ޖެހިގެން އަންނަ ދުވަހު، އެމަނިކުފާނު ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.

ރައްޔިތުން އެދޭ ތަރައްގީ ގެނެސްދިނުމަށް ރައްޔިތުންނާ ބައްދަލުކުރުން މުހިންމުކަމަށް ބުނެ ރައީސް މުއިއްޒުގެ ސަަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިނިސްޓަރުންނާއި ކުންފުނިތަކުގެ އެމްޑީއިން ގެ ބޮޑު ޓީމަކާއެކު އަންނަނީ ރައްޔިތުންގެ ފައިސާއިން ދަތުރުކުރަމުންނެވެ.

މިފަދައިން ރަށްރަށަށް ގޮސް މަޝްރޫއުެއްް ފެއްޓެވުމުގެ ގޮތުން ދެ ގާ ބަހައްޓައެވެ. އެޔަށްފަހު އެތަން ހެދުމުގެ މަސައްކަތް ގެންދަނީ ވަރަށް ވެސް ލަހުންނެވެ. ތަރައްގީގެ މަޝްރޫއުތައް. ލަސްކަމަށް ބުނެ ރައްޔިތުން ސަރުކާރަށް ފާޑުކީ ނަމަވެސް ސަރުކާރުގެ އެއްވެސް ފަރުވާލެއް ނެެތެވެ.

މިހާރު ރާއްޖޭގެ ރަށްރަށަށް ރައީސް މުއިއްޒު ދަތުރުތައް ފައްޓަވައިގެން ކުރައްވަނީ ވެސް އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދައި ދިނުމުގެ ބޭނުމުގައިކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved