March 16, 2026
Advertisement
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު / ތޭރަ އޮންލައިން

‏އިޤްތިސޯދު އިތުރަށް ގޯސްވީ މުއިއްޒުގެ ދޯހަޅި ސިޔާސަތުގެ ސަަބަބުން:މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 3, 2025, 04:01 PM
މާލެ ސިޓީ

ރާއްޖޭގެ ‏އިޤްތިސޯދު އިހުނަށްވުރެ އިތުރަށް ގޯސްވީ މުއިއްޒުގެ ދޯހަޅި ސިޔާސަތުގެ ސަަބަބުން ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ގައުމުގެ އިގްތިސާދު ބޮޑު އަދަވަޅަކަށް ވައްޓާލާފައި ކަމަށް ބުނެ މި ސަރުކާރުން ވެރިކަމަށް އައިސް ދަތުރުކުރަމުން އަންނަނީ އެއް މަގަކުން ކަމަށެވެ.

މީގެ އެންމެ ބޮޑު ސަބަބަކީ ޑީ ގްރޭޑްގެ ކެބިނެޓެއް ގޮވައިގެން މުއިއްޒު ވެރިކަން ކުރަން އުޅުން ކަމަށާއި ޑީގްރޭޑް ކެބިނެޓް ގޮވައިގެން މުއިއްޒުގެ މިސްރާބު ހުރީ އަދިވެސް ގޯސްކޮށް ކަމަށެވެ.

-
-

މާލޭގެ ރައްޔިތުންނަށްޓަކައި އެޗްޑީސީ އުވާލަންޖެހޭ ކަމަށް މުއިއްޒު ބުނެފައިވާ ލިޔުމެއް ޝެއަރ ކުރައްވާ މަލީހް ވިދާޅުވީ މިހާ ދަތި ވަގުތެއްގައި ފްލެޓްތަކަށް ނޯޓިސް ފޮނުވާ މުއިއްޒު މިކުރާކަމަކީ ކުލުނެއް ނެތް ވެރިޔަކު ކުރާނެ ކަމެއް ކަމަށެވެ.

ހުސްގޮނޑި ދައްކައިގެން ވެެރިކަމަށް އައިސް ރަނގަޅު ވެރިކަމެއްކޮށް ރައްޔިތުންގެ ތާއީދު ހޯދަން މުއިއްޒަށް އެގިވަޑައިނުގަތް ކަމަށް މަލީހް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved