March 16, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ޕީޕީއެމް

ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ މިނިވަންކަމާ އަމިއްލަ ސިޔާދަތަށް އަބަދުވެސް ފާރަވެރިވެތިބެން ޖެހޭކަން: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Nov 3, 2025, 08:05 PM

ނަސްރުގެެ ދުވަސް ހަނދާންކޮށްދެނީ މިނިވަންކަމާ އަމިއްލަ ސިޔާދަތަށް އަބަދުވެސް ފާރަވެރިވެތިބެން ޖެހޭކަންކަމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހާއި ގުޅިގެން އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ.ޖަމީލް ވިދާޅުވީ މިނިވަންކަމާ އަމިއްލަ ސިޔާދަތަށް އަބަދުވެސް ފާރަވެރިވެތިބެން ޖެހޭކަން ނަސްރުގެ ދުވަސް ހަނދާންކޮށްދޭކަމަށެވެ.

ގައުމުގެ ފަޚުރުވެރި ދަރިން ގައުމަށްޓަކައިވިމަތިވެރި ގުރުބާނީގެ އަގު އަބަދުވެސް ވަޒަންކުރަންޖެހޭކަމަށް ވެސް ޑރ.ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ޑރ. ޖަމީލް ވަނީ އެ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.

މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ގްރޫޕަކުން ރާއްޖެއަށް ދިން ހަމަލާ ނާކާމިޔާބުވެ، ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved