March 10, 2026
Advertisement
...
... / ސޯޝަލް މީޑިއާ

ޒާކިރު ނައިކް ބަންގްލަދޭޝަށް ދިޔުމުން ހައްޔަރު ކުރަން މޯދީ ސަރުކާރުން އެދިއްޖެ

Yana Shareef
ޔާނާ ޝަރީފް
Nov 3, 2025, 08:52 PM

ޒާކިރު ނައިކު މި މަހު ބަންގްލަދޭޝަށް ވަޑައިގެންފިނަމަ ހައްޔަރުކުރުމަށް އިންޑިއާގެ މޯދީ ސަރުކާރުން އެދިެއްޖެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަންދީރު ޖައިސްވާލް ވިދާޅުވީ ޒާކިރު ނައިކަކީ ފިލައިގެން އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން އޭނާ ހައްޔަރުކުރުމަށް ބަންގްލަދޭޝް ސަރުކާރަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނައިކް ޑާކާއަށް ވަޑައިގަންނަވާނީ ނޮވެމްބަރު 28 އަދި 29 ވަނަ ދުވަހު ވެރިރަށް އަގަރްގާން ސަރަހައްދުގައި ބާއްވާ އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ނަރެންދުރަ މޯދީގެ ވެރިކަމުގައި އޭނާގެ މައްޗަށް ނަފްރަތު އުފެއްދުމާއި މަނީ ލޯންޑަރިންގެ ތުހުމަތުކުރުމުން, 2016 ވަނަ އަހަރު ޒާކިރު ނައިކް ވަނީ އިންޑިއާ ދޫކޮށް ގޮސްފަ އެވެ.

އަދި ހަމަ އެ އަހަރު އޭނާގެ ޓީވީ ޗެނަލް "ޕީސް ޓީވީ" ވެސް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން ނައިކް ވަނީ މެލޭޝިއާގައި ދާއިމީ ރަށްވެހިކަން ލިބިވަޑައިގެންފަ އެވެ.

އަދި އެނބުރި އިންޑިއާއަށް ނުދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved