theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / ޕޮލިސް
ސިޔާސީ
އެއާޕޯޓު ހައިސްޓް: ފޭރުނު މީހުންނަށް ވާނުވާޖެހިރު, ފައިސާކޮޅު ވީ ހިސާބެއްވެސް ނޭނގޭ
Yana Shareef
ޔާނާ ޝަރީފް
03 ނޮވެމްބަރު 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި ފޭރުނު ފައިސާތައް އަދިވެސް ހޯދިފާނުވާކަން އެނގިއްޖެއެވެ.

މި ނޫހުގެ އިތުރުން ގިނަ މީޑިއާތަކުން ވަނީ އެ ފައިސާތައް ހޯދިފައިވޭތޯ މީގެކުރިން ވެސް ފުލުހުންނާ ސުވާލުކޮށްފައެވެ. އެހެންނަމަވެސް ފައިސާއާ ގުޅޭގޮތުން އެއްވެސް ޖަވާބެއް މިވަގުތު ދެވެން ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެއިން ފައިސާ ހުރި ސުއިޓްކޭސްތަކެއް ފޭރިފައިވަނީ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރުއެވެ. މިމައްސަލައިގައި ޝާމިލުވާ ހަތަރު މީހުން ހަމަ އެދުވަހު ވަނީ ފުލުހުން ދެނެގަނެފައެވެ.

އެ ހަތަރު މީހުންގެ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވަމުން، ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާކަމަށް އާދިއްތަ ދުވަހު ފުލުހުން ވަނީ ބުނެފައެެވެ.

އެހެންނަމަވެސް ފައިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މި މައްސަލައިގެ ތެރޭގައި ސަރުކާރުގެ ބޮޑުންތަކެއް ހިމެނޭކަމުގެ މައުލޫމާތު ތޭރައޮންލައިނަށް ވަނީ ލިބިފައެވެ. އެގޮތުން މިކަން ރޭވުމުގައި އިސްކޮށް އުޅުއްވީ ރައްޔޮިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރެއްގެ އިތުރުން ކެބިނެޓް މިނިސްޓަރެއްކަމަށް ވެސް އެނގިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved