March 1, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

މުއިއްޒަށް ޝެހެންޝާހުގެ އިސްތިގުބާލު ކިޔުއްވަން މާލެއިން މީހުން ފޮނުވާތީ ޑރ ޖަމީލުގެ ނުރުހުން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 4, 2025, 05:18 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަށް ޝެހެންޝާހުގެ އިސްތިގުބާލު ކިޔުއްވަން މާލެއިން މީހުން ފޮނުވާތީ ޕީއެންއެފްގެ ނައިބު ރައީސް އަދި ކުރިގެ ގައުމުގެ ނައިބު ރައީސްކަންވެސް ކުރައްވާ ހުންނެވި ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް މުއިއްޒު ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ކަރަދުކުރައްވާ، އަތޮޅު ތެރޭގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން އައްޑޫ ސިޓީއަށާ ފުވައްމުލަކު ސިޓީއަށް ވަޑައިގެންނަވާނެކަން ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ފުވައްމުލަކަށާއި އައްޑުއަށް ދަތުރު ކުރާއިރު ޝަހެންޝާހެއްގެ އިސްތިގުބާލު މުހިއްމުވެ، 15 ވަރަކަށް ފްލައިޓުން މި ދެދުވަހު މީހުން އުފުލަމުންދާ ކަމަށާ އޭގެ އިތުރުން އެތައް ސަތޭކަ ވަޒީފާ ބަހަމުންދާ ކަމަށެވެ.

އެކަންކަން އެގޮތަށް ކުރަމުން ދާއިރު މި އިސްރާފުކުރަނީ ޙާލުގައި ތިބި ރައްޔިތުންގެ ފައިސާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދޅާުވެފައިވަނީ ރައްޔިތުންނަށް ދައްކާ ނަނާ ހުވަފެންތަކަށް ނުބަލާ ރައްޔިތުން ބަލަންވީ ރައީސް އަބްދުﷲ ޔާމީނާމެދު ރައީސް މުއިއްޒު ކަން ކުރެއްވި ގޮތް ކަމަށެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅަކީ ލޯކަލް ކައުންސިލް އިންތިހާބަށް ކަނޑަ ޖަހަން ކުރައްވާ ދަތުރުފޅުތަކެއް ކަމަށާ އެއީ ސީދާ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކަމަށް ސިޔާސީ އެތައް ފަރާތްތަކުން ބުނަމުންނެވެ. އަދި އެއީ އިގްތިސޯދު މިހާ ދަތި ދުވަސްވަރެއްގައި ރައްޔިތުންނަށް ހެޔޮ އެދޭ ވެރިއަކު ކުރާނެ ކަމަށް ނޫން ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved