theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
މޯދީގެ އަރިހުގައި ނާށިގަނޑު ހިފައިން އުުޅުމުން އެންމެ ގިނައިން ހިލޭ އެހީ ދޭ ގައުމަކަށް އިންޑިއާ
Yana Shareef
ޔާނާ ޝަރީފް
04 ނޮވެމްބަރު 2025

މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ހިލޭ އެހީ ދޭ ގައުމަކަށް އިންޑިއާ ވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރ މޯދީއަށް ސަނާ ކިޔުއްވުމުގައި ރައީސް މުއިއްޒު އުޅުއްވުމުގެ ހަދިޔާއެއްްގެ ގޮތުން ކަމަށް ވެސް ބެލެވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ ޖުމްލަ 335 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން 322.9 މިލިއަން ރުފިޔާ އަކީ މަޝްރޫއުތަކަށް ލިބޭ އެހީ އެވެ. ފައިސާގެ ގޮތުގައި ލިބޭ ހިލޭ އެހީގެ އަދަދަކީ 32 މިލިއަން ރުފިޔާ އެވެ.

ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އަދަދުގެ ތެރެއިން ގައުމުތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 85 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 73.6 މިލިއަން ރުފިޔާ އަކީ އިންޑިއާގެ ހިލޭ އެހީ އެވެ.

އިންޑިއާ އަށްފަހު އެންމެ ގިނައިން ހިލޭ އެހީ ދޭނެ ގައުމު ކަމަށް ބުނެފައިވާ ޔޫއޭއީ އިން ދޭނެ ކަމަށް ލަފާކުރަނީ 4.9 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ޖަޕާނުން 3.9 މިލިއަން އަދި އިޓަލީއިން 2.3 މިލިއަން ރުފިޔާ ދޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

މި އަހަރަކީ ފައިސާގެ ހިލޭ އެހީގެ ގޮތުގައި ރެކޯޑު އަދަދެއް ލިބޭނެ ކަމަށް އަންދާޒަކޮށް ސަރުކާރުން ބަޖެޓުކުރި އަހަރެކެވެ. ނަމަވެސް ހިިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 1.8 ބިލިއަން ރުފިޔާ ނުވަތަ ރަސްމީ ރޭޓުގައި ޑޮލަރުން ހިސާބުކުރާއިރު 120 މިލިއަން ޑޮލަރުގެ ތެރެއިން ލިބޭނީ ދެ މިލިއަން ޑޮލަރު ވަރު ކަމަށް ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved