theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މިއަދު އެމްޕީއިން ކުރަން ޖެހޭ ކަމަކީ މުއިއްޒަށް ނެތް ތާއީދު ދެއްކުން: މަލީހު / -
ސިޔާސީ
މިއަދު އެމްޕީއިން ކުރަން ޖެހޭ ކަމަކީ މުއިއްޒަށް ނެތް ތާއީދު ދެއްކުން: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
04 ނޮވެމްބަރު 2025
މާލެ ސިޓީ

ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ މަސްއޫލިއްޔަތަކަށް މިއަދު ވެފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ނެތް ތާއީދެއްމ އޮތްކަން މުޅި ދުނިޔެއަށް ދެއްކުން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓޫ (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުކާރު އައިސް އެންމެ ފުރަތަމަ ވެސް އޭރުގެ މަޖިލިސް މެމްބަރުންތަކެއް ގަނެފައިވެއެވެ. އަދި އޭގެ ފަހުން އައި މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް މުއިއްޒު ރަށްރަށަށް ގިނަ ވައުދުތަކެއް ވެފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ވައުދެއް ފުއްދާފައިނުވެއެވެ. އެއާއެކު އެމަނިކުފާނަކީ ދޮގު ހަދާ ވެރިއެއްގެ ގޮތުގައި ލޭބަލްވެ މަގްބޫލުކަން ގެއްލުނެވެ. ނަމަވެސް އަނެއްކާ ވެސް އެމަނިކުފާނު ވަނީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރަށް ރަށަށް ވަޑައިގަންނަވަން ފައްޓަވާފައެވެ. އެގޮތުން އެ ރަށް ރަށަށް އެމަނިކުފާނު ވަޑައިގެންނެވުމުގެ ކުރިން އެޑްވާންސް ޓީމުގެ ގޮތުގައި މާލެއިން އެޔައް ބަޔަކު ގޮސް ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުން މަގުތަކަށް ނުކުންނަން ބާރު އަޅާ ރައީސްގެ އިސްތިގުބާލަށް ނެރެއެވެ.

މިކަންކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ރައްޔިތުން ތަމްސީލުކުރަން މަޖިލިހަށް މެމްބަރުން ފޮނުވުމުގެ މަޤުސަދު ހާސިލުނުވާ ކަމަށާ މިއަދު މެމްބަރުންގެ މަސައްކަތަކީ ރައީސް ރަށަށް ވަޑައިގަންނަވާއިރަށް މަގު ފޮޅާ ސާފުކޮށް ގޭގައި ހުންނަ ކުކުޅު ކަތިލާ ރައީސަށް ވެދުންކޮށް، އަނގަޔާ އަތާ ދިމާނުވެ ދަތި ހާލުގައި ތިބި ރައްޔިތުން ނެރެ ސަފު ހަދުވާ ރައީސް މުއިއްޒަށް ނެތް ތާއީދު، އޮތް ކަމަށް ދެއްކުން ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެންނެވުމުން ބައެއް ރައްޔިތުން ނުކުމެ އެމަނިކުފާނަށް ފާޑުކިޔާފައިވެސް ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved