March 16, 2026
Advertisement
.
. / ރައީސް އޮފިސް

ފެކްޓް ޗެކް: މުއިއްޒު ރިބަން ކެނޑީ މާކުރިން ވެސް ސީޓީ ސްކޭން ހިދުމަތް ދޭން ފަށާފައި ހުރިތަނެއްގައި

Yana Shareef
ޔާނާ ޝަރީފް
Nov 5, 2025, 05:37 AM

މާކުރިން ވެސް ސީޓީ ސްކޭންގެ ހިދުމަތް ދެމުން އަންނަ ތަނެއްގައި އެ ހިދުމަތް. ދޭން ފެށިކަމަށްބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިބަން ކަނޑައިފިއެވެ.

Advertisement

ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުގެ ތެރެއިން ސީޓީ ސްކޭނުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަންގާރަ ދުވަހު ހަވީރު އެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި އެ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަދި ހޮސްޕިޓަލާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފާއިވެއެވެ.

ސީޓީ ސްކޭން މެޝިނުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ރިބަން ކެނޑުއްވީ މުއިއްޒު އެވެ. އެއަށްފަހު ސަރުކާރުގެ ވެރިން ވަނީ ސީޓީ ސްކޭން މެޝިން ހުންނަ ކޮޓަރި ބައްލަވާލައްވައިފަ އެވެ.

އަންގާރަ ދުވަހު ރަސްމީކޮށް ހިދުމަތް ފެށި ސީޓީ ސްކޭން މެޝިނުން 90 އަށްވުރެ ގިނަ ޕޭޝަންޓުން ހިދުމަތް ހޯދާފައިވާ ކަމަށް އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ ވެސް މުއިއްޒު އެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިފަދަ އެތައް ކަމެއްގެ ކްރެޑިޓް ނެންގެވުމަށް މުއިއްޒު އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved