March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

ޖަމީލް މުއިއްޒަށް: ކިހާ ދުވަހަކު ޚިޔާލު ތަފާތު ހުރިހާ ފަރާތެއް ބާކީކޮށްގެން ހިފަހައްޓާލެވިދާނެތޯ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 5, 2025, 06:08 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުންދާ ދަތުރުގައި އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށް ބޭއްވި ޖަލްސާގައި ފުވައްމުލަކު މޭޔަރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެއްވި މައްސަލައަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މިގޮތުން ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުއިއްޒާއި ޚިޔާލު ތަފާތުވާ ފަރާތްތައް ބާކީކޮށްގެން ކިހާ ދުވަހެއް ވަންދެން ހިފަހައްޓާލެވޭނެތޯ އައްސަވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގައި ކުރިން މޭޔަރު ވާހަކަ ދައްކަވާ ގޮތަށް އޮތް ނަމަވެސް ވަގުތު ސަލާމަތް ކުރަން ކަމަށް ބުނެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭ ގޮތަށް ނިންމާ ޖަލްސާ ނިންމާފައިވެއެވެ.

ޑރ ޖަމީލްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ ޑިމޮކްރަސީތަކުގައި އިންތިޚާބުވަނީ އެންމެ ފަރާތެއް ނޫން ކަމަށާއި ރައީސް މުއިއްޒުވެސް އިންތިޚާބުވި ފަދައިން ފުވައްމުލަކު މޭޔަރަކީ އެ ރަށު ރައްޔިތުން ވޯޓު ދީގެން އިންތިޚާބުވެފައިވާ ފަރާތަކަށްވާއިރު އެކަމަށް މުއިއްޒުވެސް އިހުތިރާމް ކުރައްވަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ އެންމެ ވަރުގަދަ ބާރު ކަމަށް ދައުވާ ކުރާ އެމެރިކާގެ ރައީސް ޓްރަމްޕްގެ އިންޒާރުތަކާއި އެކުވެސް ނިއުޔޯކްގެ މޭޔަރަކަށް މުސްލިމް ޒުވާން މަމްދާނީ އިންތިޚާބުވެފައިވާ ކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މިކަމުން މުއިއްޒު ފިލާވަޅު ނަގަން ޖެހޭ ކަމަށެވެ.

ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގަކީ ކިޔަވައިގެން ހުރި، ޒުވާން ފުވައްމުލަކު ރައްޔިތުންގެ މެޖޯރިޓީން އިންތިޚާބުވެފައި ހުރި ފަރާތެއް ކަމަށާއި އެކަން މުއިއްޒަށް ހަޖަމް ނުވުމަކީ މުއިއްޒުގެ ތަޞައްރަފު ނުފުދޭކަން ދޭހަވާ ދަލީލެއް ކަމަށް ބުނެ ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

-
-
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved