March 1, 2026
Advertisement
.
. / ރައީސް އޮފިސް

ރައީސްގެ ސެކިއުރިޓީ ވެހިކަލް އިން ޖެހި ހުޅުދޫގައި ނުރައްކާތެރި އެކްސިޑެންޓެއް

Yana Shareef
ޔާނާ ޝަރީފް
Nov 5, 2025, 08:24 PM

ސ. ހުޅުދޫ ގައި ރައީސް މުހައްމަދު މުއިއްޒުގެ ސެކިއުރިޓީ ވެހިކަލް އަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

Advertisement

މައުލޫމާތު ލިބުނުގޮތުގައި ބުދަ ދުވަހު މެންދުރު ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ ދެމަފިރިއަކަށެވެ.

މި އެކްސިޑެންޓް ހިނގީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސެކިއުރިޓީ ވެހިކަލް އާއި އެ ދެ މަފިރިން ދުއްވި ސައިކަލު ޖެހިގެންނެވެ. ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް އަންހެން މީހާއަށް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ އަންހެން މީހާ އަށް ފަރުވާ ދިނުމަށް ހުޅުދޫގެ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި، ނަމަވެސް އެކްސްރޭ ނުނެގޭތީވެ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ފިރިހެން މީހާއަށް އަނިޔާއެއް ވެފައި ނުވެއެވެ.

މި އެކްސިޑެންޓްގެ ސަބަބުން ސެކިއުރިޓީ ވެހިކަލްގެ އިތުރުން ސައިކަލަށް ވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved