އައްޑޫ ހުޅުދޫއާއި މީދޫ ވެގެންދާނީ ދުބާއި އަދި އަބޫދާބީއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
އައްޑޫއަށް ރައީސް މުހައްމަދު މުއިއްޒު ތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހުޅުދޫ އާއި މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މި ވެރިކަމުގައި ހުޅުދޫ-މީދޫއަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް ހުޅޫދޫގައި އަދި މީދޫގައި ވެސް އެއްވެސް ކަމެއް ފައްޓަވާ ނިންމަވާފައި ނުވެއެވެ.
ފެނިގެންދަނީ ކުރީ ސަރުކާރުތަކުން ކޮށްދެއްވާފައިވާ ކަންކަން އެއީ މި ސަރުކާރުން ކުރި ކަމެއްކަމަށް ދައްކާ ރިބަން ކަނޑާ މަންޒަރެވެ.
ޝާހިދު ރައްޔިތުންނަށް އޮޅުވާލަން އެފަދައިން ވިދާޅުވީ އޭނާއަށް އެފަދައިން ރައްޔިތުންނަށް އޮޅުވާލުމަށް ރައީސް މުއިއްޒު މަޖުބޫރުކުރުމުންކަމަށް ގިނަ ބަޔަކު ބުނެއެވެ.
ޝާހިދު ވަނީ ރައީސް މުއިއްޒު ވައުދުގެ އިތުރުންވެސް ކަންކަން ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފެނިގެންދަނީ ވައުދުވެފައި ހުރި ކަންކަން ވެސް ނުފުއްދޭ މަންޒަރުކަން ފާހަގަކޮށްލެވެއެވެ.