February 22, 2026
Advertisement
.
. / ރައީސް އޮފިސް

ފޭދޫގައި ވަކި ކައުންސިލެއް ހަދަން އުޅެ ފެއިލްވުމުން އައިބީ ހުރީ ދެފައިކައިރިކޮށްލަންވެސް ނުކެރިފައި!

Yana Shareef
ޔާނާ ޝަރީފް
Nov 6, 2025, 05:11 AM

އައްޑޫ ސިޓީ ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް, ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ހުންނެވީ ރައްޔިތުންނާ ކުރިމަތިލާން ނުކެރިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހިތަދޫގައި އޮތް މަޝްރޫއުތައް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ސަރުކާރަށް ނިސްބަތްވާ އެ ސިޓީގެ ހުރިހާ ދާއިރާއެއްގެ މެމްބަރުން ތިއްބެވިއެވެ.,

އެގޮތުން އައިބީ ވެސް ހުންނެވި ނަމަވެސް ފޮޓޯތަކުން ވެސް ފެނިގެންދިޔައީ ރައްޔިތުން އޭނާ ބޭނުންވި ގޮތަށް ކަންތައް ނުކުރުމުން މާޔޫސްވެފައި ހުރި މަންޒަރެވެ. އޭނާއާ މެދު ރައީސް މުއިއްޒު ވެސް ހިތްހަމަ ނުޖެހިފައި ހުންނެވިކަމަށް އިތުބާރު ހިފޭ މަސްދަރަކުން ތޭރައޮންލައިނަށް ވަނީ މައުލޫމާތު ދީފައެވެ.

ބުދަ ދުވަހު ރޭ އައްޑޫ ސިޓީގައި އައިބީ އުޅުއްވީ ވަރަށް ދުރުދުރުންކަމަށް ވެސް މަންޒަރު ދުށް ފަރާތްތަކުން މި ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.

އައިބީގެ އިތުބާރު ނެތްކަމުގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅާނެކަމަށަް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް ނެގި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އައިބީއާއި އޭނާގެ ދަރިކަލުން, މި ސަރުކާރުގެ ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް ވަނީ ކެމްޕެއިންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved