February 22, 2026
Advertisement
-
- / ޕޮލިސް

މަރަދޫ ޕޮލިސް ސްޓޭޝަން ހަދަން ހަވާލުކުރީ ވުޖޫދުގައި ނެތް ކުންފުންޏަކާ!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 6, 2025, 08:28 PM
އައްޑޫ ސިޓީ

އައްޑޫ ސިޓީ މަރަދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް ހަވާލު ކުރި ކުންފުންޏަކީ ވުޖޫދުގައި ނެތް ކުންފުންޏެއްކަން ހާމަވެއްޖެއެވެ.

Advertisement

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުގެ ތެރެއިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލު ކުރަން ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

މަރަދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ހަވާލުރީ އެމްލޮގް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީނެވެ. އެމްލޮގްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ ޙައިޝަމް ޢަލީ އެވެ.

މި މަޝްރޫއު ހަވާލުކުރި ކިހާ ފައިސާއަކަށް ކަން އަދި ސާފުވެފައިނުވާއިރު، މި ކުންފުންޏަކީ ވުޖޫދުގައި ނެތް ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްލޮގަކީ ރާއްޖޭގެ އިކޮނޮމިކު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏެއްކަން ލިޔެކިޔުންތަކުން ނުދައްކައެވެ.

އިކޮނޮމިކު މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި އެމްލަޮގުގެ ނަމުގައި އެއްވެސް ކުންފުންނެއް ރާއްޖޭގައި ރަޖިސްޓްރީކޮށް ނުހިންގައެވެ. އެހެންކަމުން މިއީ ކޮންތާކު އޮތް ކުންފުންޏެއްކަން ސާފުނުވާއިރު ބޮޑެތި މަޝްރޫއުތައް ގޮތް ނޭނގޭ ބަޔަކާ ހަވާލުކޮށް ސަރުކާރުން ހިންގަން އުޅެނީ ކޮންފަދަ ޖަރީމާއެއް ކަމާ މެދު ސުވާލު އުފުދެއެވެ.

ސަރުކާރުން މީގެ ކުރިންވެސް މިފަދަ ޖަރީމާތައް ހިންގާފައިވެއެވެ. އެގޮތުން ގޭސް ކުންފުނިން ގޭސް ގަތުމުގެ ނަމުގައި އެތައް ފައިސާއެއް ކަރުދާސް ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. އަދިވެސް އެ ގޭސް ރާއްޖެއަށް ނުލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved