March 16, 2026
Advertisement
މެމްބަރު ތާރިގް
މެމްބަރު ތާރިގް / ރައްޔިތުންގެ މަޖިލިސް

އުވާލުމުގެ މަރުހަލާގައި އޮތް ޓޮމްގެ ކުންފުންޏަށް 4.7 މިލިއަން ރުފިޔާގެ މަޝްރޫއުއެއް!

Yana Shareef
ޔާނާ ޝަރީފް
Nov 7, 2025, 12:42 AM

ހދ. ކުޅުދުއްފުށީގައި ހިންގަން ހަވާލުކުރި ދެ ޕްރޮޖެކްޓު ހަވާލުކުރި މައިނާ ސްޕޯޓްސް ފީލްޑު ކުންފުންޏަކީ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް)ގެ، އުވާލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއްކަން ހާމަވެއްޖެއެވެ.

Advertisement

ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިިނިސްޓްރީގެ ވެބްސައިޓުގައިވާގޮތުގައި މައިނާ ސްޕޯޓްސް ފީލްޑުގެ މެނޭޖިން ޑިރެކްޓަރަކީ ޓޮމްއެވެ.

އެ ކުންފުނި އޮތީ އުވާލުމުގެ މަރުހަލާގައިކަން ވެސް އެ ވެބްސައިޓުން ހާމަވެއެވެ.

މައިނާ ސްޕޯޓްސް އުވައިލަން ނިންމާފައި ވަނީ ކުރިން އަމަލުކުރަމުން އައި ކުންފުނީގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ށ. ގެ ދަށުން އަހަރުން އަހަރަށް ދައްކަންޖެހޭ ފީ ނުދައްކާ އޮތުމުންނެވެ.

މައިނާ ސްޕޯޓްސް ފީލްޑްއާ މިއަދު ހަވާލުކުރީ ކުޅުދުއްފުށީގައި ހޭންޑް ބޯޅަ އަދި ފުޓްސެލް ކުޅެވޭ ގޮތަށް މަލްޓި ޕާޕަސް ކޯޓެއް އެޅުމަށާއި އެ ސިޓީގައި ހުންނަ ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ހެދުމުގެ މަޝްރޫއު އެވެ.

މަލްޓި ޕާޕަސް ކޯޓު އެޅުމުގެ މަޝްރޫއު މައިނާ ސްޕޯޓްސް ފީލްޑާ ހަވާލުކުރީ 1.7 މިލިއަން ރުފިޔާ އަށެވެ. ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ހެދުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 3 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved