February 22, 2026
Advertisement
މަޝްރޫއު ހަވާލުކުރި ކުންފުނީ ރަޖިސްޓްރީއިން އިން ނުފެންނަނީ ލިޔުމުގެ ކުށަކުން: ފުލުހުން
މަޝްރޫއު ހަވާލުކުރި ކުންފުނީ ރަޖިސްޓްރީއިން އިން ނުފެންނަނީ ލިޔުމުގެ ކުށަކުން: ފުލުހުން / ޕޮލިސް މީޑިޔާ

މަޝްރޫއު ހަވާލުކުރި ކުންފުނި ރަޖިސްޓްރީއިން ނުފެންނަނީ ލިޔުމުގެ ކުށަކުން: ފުލުހުން

Nov 7, 2025, 02:20 AM
އައްޑޫ ސިޓީ

އައްޑޫ ސިޓީ މަރަދޫގައި އިމާރާތްކުރަން ހަވާލުކުރި ޕޮލިސް ސްޓޭޝަން ހަވާލުކުރި ކުންފުނީގެ ނަން، ބިޒްނަސް ޕޯޓަލް އިން ނުފެންނަނީ ލިޔުމުގައިވާ ކުށެއްގެ ސަބަބުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

މަރަދޫ ޕޮލިސް ސްޓޭޝަން އަޅަން ހަވާލު ކުރީ "Emlog" ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށް ފުލުހުން ކުރިން ހާމަކޮށްފައިވާއިރު، އެމްލޮގަކީ ރާއްޖޭގެ އިކޮނޮމިކު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏެއްކަން ލިޔެކިޔުންތަކުން ނުދައްކައެވެ.

މިކަން ފާހަގަވެފައިވާތީ މި ނޫހުން އެކަން ރިޕޯޓު ކުރުމާ އެކު ފުލުހުންގެ މީޑިޔާއިން ވަނީ އެކަން އެހެން ދިމާވެފައިވަނީ ފުލުހުން މީސް މީޑީޔާގައި އެ މައުލޫމާތު ހިއްސާކުރިއިރު ލިޔުމުގައި ހިއްސާކުރެވުނު ކުށަކުން ކަމަށާ ރަގަޅު ގޮތަކީ "Amlog Pvt Ltd" ކަމަށް ފުލުހުންގެ މީޑިޔާއިން ހާމަކުރައްވާފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުގެ ތެރެއިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލު ކުރަން ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެއްބަސްވުމުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީނެވެ. އެމްލޮގްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ ޙައިޝަމް ޢަލީ އެވެ.

މި މަޝްރޫއު ހަވާލުކުރި ކިހާ ފައިސާއަކަށް ކަން އަދި ސާފުވެފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved