March 16, 2026
Advertisement
ޑރ.މުހައްމަދު ޖަމީލް އަހުމަދު
ޑރ.މުހައްމަދު ޖަމީލް އަހުމަދު / ސަން

މުއިއްްޒާއެކު މެމްބަރުން ގުޅިގެން ތިކުރަނީ ސީދާ ވައްކަމާ ފަސާދަގޮތުގައި ކަނޑައަޅާފައިވާ ކަންތައް: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Nov 7, 2025, 04:03 AM

ރައީސް ޑރ.މުހައްމަދު މުއިއްޒާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކުރަނީ ޑިމޮކްރަސީތަކުގައި ސީދާ ވައްކަމާއި ފަސާދައިގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްކަމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރުން ރިކޯޑު ހެއްދެވުމުގެ ނިޔަތުގައި 206 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރިކަމަށް ބުނެ ބޮޑު ރަސްމިއްޔާތެއް ބޭއްވިއިރު ގިނަ މަޝްރޫއު ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޕިއެންސީއަށް ނިސްބަތްވާ މެމްބަރުންނަށެވެ.

މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް އޮފީހުން އުސޫލުތައް ބަދަލުކޮށްގެން މިއަދު ކުރަމުންގެންދަނީ ކަނޑައެޅިގެން ގާނޫނީ އުސޫލުތަކާއި ޚިލާފު އަމަލެއްކަމަށެވެ.

އެގޮތުން ގާނޫނު އަސާސީގެ 115 މާއްދާގައި ރައީސްގެ މައްޗަށް ގާނޫނުގެ ވެރިކަން ކުރިއެރުވުން ލާޒިމްކުރާކަމަށާއި ރޫލް އޮފް ލޯ ގައި ޓްރާންސްޕޭރެންޓްކޮށް، ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް އަމަލު ކުރުން ލާޒިމްކުރާކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވިއެެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ 103 ވަނަ މާއްދާގެ ދަށުން ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކު މަގާމުގެ ނާޖާއިޒު މަންފާ ހޯދުމަށް ބޭނުން ކުރުން މަނާކުރާކަމަށެވެ.

އެހެންކަމުން ގުޅިގެން ތިކުރަނީ ޑިމޮކްރަސީތަކުގައި ސީދާ ވައްކަމާ ފަސާދަގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. މިފަދައިން އަމަލުތައް ބަހައްޓާނަމަ ވެރިކަން ގެއްލޭކަށް މާ ދުވަހެއް ނުނަގާނެކަމަށް އިޝާރަތްކުރައްވާ ޑރ.ޖަމީލް ވަނީ ފޮށިތައް ރަނގަޅަށް ބަނދެގެން ތައްޔާރަށް ތިއްބެވުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved