March 16, 2026
Advertisement
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

މިހާރު ފެނިގެންދަނީ ދައުލަތުގެ ފައިސާ އެއްވެސް ހަމައެއް ލަމައެއް ނެތި ތަޅާ ބުރުއްސާ މަންޒަރު: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 7, 2025, 06:58 AM
މާލެ ސިޓީ

ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް މިހާރުގެ ސަރުކާރުގެ ތެރެއިން ފެނިގެންދަނީ ދައުލަތުގެ ފައިސާ އެއްވެސް ހަމައެއް ލަމައެއް ނެތި ތަޅާ ބުރުއްސާ މަންޒަރުކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މިރޭ ކުރިއަށް ގެންދިޔަ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަދައްކަވަމުން މަލީހް ވަނީ ސަރުކާރުގެ ތެރެއިން ހިނގަމުންދާ ކޮރަޕްޝަނުގެ މައްސަލަތަކަށް އަލިއަޅުވާލާ ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މިގޮތުން، މަލީހް ވިދާޅުވީ މިއަދު އެކަނިވެސް ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ އަދަދަކަށް 53 ކުންފުންޏަކަށް ބަހާލި މަންޒަރު ކަމަށާއި މިއީ ކަނޑައެޅިގެން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުން ކަމަށެވެ.

އަދި ވެރިކަން ފެށިގެން އައި ދުވަސްވަރު ތުރުކީއިން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޑްރޯންތައް ގަނެފައިވާ ކަމަށާއި، ހަގީގަތުގައިވެސް ސަރުކާރުން އަންނަނީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި 05 އަހަރުގެ ވެރިކަމުގެ ފައިސާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަޅާ ބުރުއްސަމުން ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާއެއްގައި އެންމެ ކުޑަމިނުން އެއް ހާސް ރުފިޔާގެ ސަޔެއް ބާއްވަންވެސް ތިން ވަރަކަށް ފަރާތުގެ ކޮޓޭޝަން ލިބިގެން ނޫނީ ސަޔެއްވެސް ނުބޭއްވޭ ކަމަށް މަލީހް ވިދާޅުވިއެވެ.

މިއަދު އެކަނިވެސް ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ އަދަދަކަށް 53 ކުންފުންޏަކަށް ބަހާލި މަންޒަރު

މަލީހް ވިދާޅުވިއެވެ.

އެހެންކަމުން އާންމު ސިވިލް ސަރވަންޓުންނަށް ވަކި ގޮތަކަށް އަމަލުކުރަން ބުނެފައި ފެނިގެންދަނީ މުއިއްޒާއި އެހެނިހެން ވަޒީރުން އަމަލުކުރައްވަނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި މުޅިން ޚިލާފަށް ކަމަށް ގަބޫލުކުރެއްވޭ ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

މިއާއި އެކު އައްޑޫ އަދި ފުވައްމުލަކަށް ވަޑައިގެން އެއް ވައުދުތަކެއް ތަކުރާރު ކުރައްވާތީ މަލީހް ވަނީ އެކަމަށްވެސް ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved