March 20, 2026
Advertisement
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް / އަވަސް

ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ނުލިބޭ ކަމުގެ ޝަކުވާ

Aishath Naja
އައިޝަތު ނަޖާ
Mar 2, 2024, 10:46 PM
މާލެ ސިޓީ

ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ރާއްޖެއަށް ނުލިބޭތާ އަހަރެއް ވެއްޖެ އެވެ.

Advertisement

މިއީ ބޭރަށް ހިންގުމާއި ހޮޑުލުން ހުއްޓުވަން ހާއްސަކޮށްގެން ދޭ ބޭހެކެވެ. އެކަމަކު މި ބޭސް ރާއްޖޭގެ ފާމަސީ ތަކުން ނުލިބޭތީ އާންމުން ގެންދަނީ އެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައެއް ފާމަސިސްޓުން ބުނީ ފާމަސީތަކަށް ނިއުޓްރޮލިން ބީ ސިރަޕް ނުލިބޭތާ އަށެއްކަ މަސް އަދި ކެޕްސޫލް ނުލިބޭތާ ގާތްގަނޑަކަށް އަހަރެއް ވެފައިވާ ކަމަށެވެ.

ބޭސް ފިހާރައެއްގައި ހިންގާ މީހަކު މައުލޫމާތު ދެމުން ބުނީ އެ ބޭސް ގެންނަން ލިސްޓްގައި ހިމެނި ނަމަވެސް އެއްގޮތަކަށްވެސް އެ ބޭސް ލިބޭ ގޮތް ނުވި ކަމަށެވެ.

އެ ބޭސް ނުލިބޭ ސީދާ ސަބަބެއް ސާފު ނުވާ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ގެނައުން މަނާކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު އެ ބޭސް މާލެ އިން ގަންނަން ނުލިބޭ ކަމުގެ ޝަކުވާ އެ އިދާރާއަށް ވެސް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved