March 21, 2026
Advertisement
-
- / ެމެގާ

އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން މެދުއިރުމަތީގެ ސަރަޙައްދުތައް ފުރާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 22, 2026, 12:12 AM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާއެކު ހުރިހާ ގޮތަކުން ހަނގުރާމައަކަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ވެރިވެފައެވެ.

Advertisement

ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އާދަޔާޚިލާފު ގިނަ ހަރަކާތްތަކެއް ސަރަޙައްދުގައި ހިންގާފައެވެ. އެގޮތުން، ޖުމްލަ 29 ސީ-17 (C-17) މަރުކާގެ އަސްކަރީ މަތިންދާބޯޓާއި، 12 ތެޔޮ ފޯރުކޮށްދޭ ޓޭންކަރު މަތިންދާބޯޓު ވަނީ މެދުއިރުމައްޗަށް ފޮނުވާފައެވެ. މި އުޅަނދުތައް ބޮޑަށް މަރުކަޒުކޮށްފައިވަނީ ގަތަރާއި އުރުދުންގައި ހުންނަ އަސްކަރީ ބޭސްތަކަށެވެ.

މިފަދަ ބޮޑު އަސްކަރީ ޖަމާވުމަކީ އީރާނަށް އަމާޒުކޮށްދޭ ވަރުގަދަ އިންޒާރެއްގެ ގޮތުގައި މުޙައްލިލުން ސިފަކުރެއެވެ. އެމެރިކާގެ މި ހަރަކާތްތަކާއެކު، ސަރަޙައްދީ ހަމަޖެހުމަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މިއީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ސަރަޙައްދީ ނުފޫޒު ކުޑަކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަންކަން ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މި އަސްކަރީ މަތިންދާބޯޓުތަކުގެ ދަތުރުތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގައި ފެށިދާނެ ބޮޑު ކުރިމަތިލުމަކަށް ބޭނުންވާނެ ހަތިޔާރާއި ލޮޖިސްޓިކް ސާމާނު ޖަމާކުރުން ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މި ނާޒުކު ދަނޑިވަޅުގައި އީރާނުން ވެސް ދަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް ރައްދުދިނުމަށް ތައްޔާރުވަމުން ކަމަށް ބުނެ އިންޒާރު ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved