theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހދ.ހިރިމަރަދޫ / ސޯޝަލް މީޑިއާ
ސިޔާސީ
މީހުން ބަދަލުކުރާ ހިރިމަރަދޫގައި 4 މިލިއަން ރުފިޔާގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅަން ސަރުކާރުން ނިންމައިފި
Yana Shareef
ޔާނާ ޝަރީފް
07 ނޮވެމްބަރު 2025

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުމައަށް ބަދަލުކުރަން ނިންމާފައި އޮތަސް އެ ރަށުގައި ވެސް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅަން ހަވާލުކޮށްފި އެވެ.

ކުނި މެނޭޖްކުރާ ސެންޓަރެއް ހިރިމަރަދޫގައި އަޅަން ހަވާލުކުރީ 4.1 މިލިއަން ރުފިޔާއަށް، ބިލްޑްޓެކް ކިޔާ ކުންފުންޏަކަށެވެ.

މި މަޝްރޫއު ފަށަން ސޮއިކުރިއިރު، ދޮޅު އަހަރުގެ ތެރޭގައި ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ އޮގަސްޓު މަހު އިއުލާނު ކުރައްވާފައެެވެ.

މުއިއްޒު ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ.

މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ހައުސިން މިނިސްޓްރީން ވަނީ ހުއްޓުވައިފަ އެވެ.

އެހެންކަމުން ދެން އެ ރަށުގައި ކުނި މެނޭޖްކުރަން ތަނެއް 4 މިލިއަން ރުފިޔާއަށް އެޅުމަކީ އެންމެ ބުއްދިވެރި ގޮތްތޯ ގިނަ ބަޔަކު އަންނަނީ އަހަމުންނެވެ.

ސަރުކާރުން ބިޑު ކުރުމެއްެނެތި 206 މަޝްރޫއެއް ބަހާލާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އަމިއްލަ ކުންފުނިތަކަށް ކަމަށް ބުނި އިރު ގިނަ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސަރުކާރުގެ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved