March 16, 2026
Advertisement
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު / ތޭރަ އޮންލައިން

ބިޑަކާ ނުލާ މުއިއްޒު ގައުމު ދޮވެލައިފި: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 8, 2025, 07:32 PM

2.7 ބިލިއަންގެ އެކި މަޝްރޫއުތައް ބިޑަކާއި ނުލާ  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަހާލި މައްސަލައިގައި ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މިގޮތުން މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ 2.7 ބިލިއަނުގެ މި ވައްކަން ވަގުތުން ހުއްޓާލައި ދެފުށް ފެންނަ ބިޑަކަށް ހުޅުވާލުމަށް ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ ފައިސާއިން ބިޑަކާއި ނުލާ މުއިއްޒު ގައުމު ދޮވެލައިފި ކަމަށާއި އެންމެންނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށްވެސް މަލީހް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް އިންތިޚާބާއި ދިމާކޮށް މުއިއްޒު އަންނަނީ ދައުލަތުގެ ފައިސާ އެއްވެސް ހަމައެއް ލަމައެއް ނެތި ބަހާ ބުރުއްސަމުންނެވެ. ދައުލަތުގެ ޚަރަދަށް ނުކަތާ ވަރަށް ވަޒީފާތައް އުފައްދާ ގައުމުގެ އިގްތިސާދީ މިސްރާބު ގޯސް މަގަށް އަނެއްކާވެސް މުއިއްޒު އަންނަނީ ގެންގޮސްފައެވެ.

މި ބޮޑު ވައްކަމުގައި ކުންފުނިތަކުން ބައިވެރި ނުވުމަށާއި މިކަމުގައި ފަހުން ކުރައްވަން ޖެހޭނެ ހިތާމަ ބޮޑުވާނެ ކަމަށް މަލީހް ވަނީ މުއިއްޒަށް ގޮވާލާފައެވެ.

.
.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved