theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު / ސަން އޮންލައިން
ސިޔާސީ
ބިޑަކާއި ނުލާ މަޝްރޫއުތައް ބަހަން ފެށީ ނަޝީދުގެ ވެރިކަމުގައި: އުމަރު ނަސީރު
Aiminath Zawjah
އައިމިނަތް ޒަޢުޖާ
08 ނޮވެމްބަރު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ޕާޓީ މީހުންނަށް ސަރުކާރުގެ ކޮންޓްރެކްޓްތައް ދިނުމުގެ ކުޅިވަރު ފެށުނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2010 ސެޕްޓެމްބަރު 30 ގައި ނަޝީދުގެ ވެރިކަމުގައި އެއިރުގެ މަޖިލިސް މެންބަރު ރީކޯ މޫސާ މަނިކުގެ ކުންފުނި ހެވީ ލޯޑަށް 20 މިލިއަން ޑޮލަރަށް އެވޯޑް ކުރެވުނު ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓް ހަވާލުކުރި ކަމަށެވެ. މިކަން ނިމުނީ ޕްރޮޖެކްޓް ފެއިލްވެ، އެހެން ޕާޓީއެއް ސަރުކާރަށް އައުމާއެކު ރީކޯ މޫސާ ޕާޓީ ބަދަލުކުރައްވައި، އެކަމުގެ އިނާމަކަށް ބަދަލުގެ ގޮތުގައި ލ. އަތޮޅުގެ ބޮޑުހުރާ، ފަރެސް އަދި ކުޑަފަރެސް ހަމަ އެ ކުންފުންޏަށް ދީގެން ކަމަށް އުމަރުގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަދުގެ ޕީއެންސީ ސަރުކާރުން ވަނީ މިކަން އިތުރު ހަރުފަތަކަށް ގެންގޮސްފައި ކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެއްވެސް ޖެހިލުމެއްނެތި، ހަމަހަމަކަމާއި އެކު ވާދަކުރުމުގެ ފުރުސަތު އެހެން ކުންފުނިތަކަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް މަޖިލިސް މެންބަރުންނާއި އެމީހުންގެ ގާތް މީހުންނަށް ޕްރޮޖެކްޓްތައް ބަހާލުމަކީބޮޑު ޚިޔާނާތެއް ކަމަށް ސިފަކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުން ކުންފުނިތަކަށް ހަވާލުކުރި ގިނަ ޕްރޮޖެކްޓްތައް ވާނީ ފެއިލް ކަމަށާއި އެކަން ފެނިގެންދާނޭކަމަށެވެ.

މާލިއްޔަތުގެ ގަވާއިދަށް ގެނައި ބަދަލާއި އެކު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް ޕްރައިވެޓް 53 ކުންފުންޏަކާއި އެކު 206 އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ސަރުކާރުން އެ ކުންފުނިތަކާއި އެކު ސޮއި ކުރި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 2.7 ބިލިއަން ރުފިޔާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved