ގައުމުގެ ހުރި ބޮޑެތި ރައުސުލްމާލުތައް ނުވަތަ ހަރު މުދާ ވިއްކާނީ ސިޔާސީ ގޮތުންނާ އަމަލީ ގޮތުންވެސް ތަޖުރިބާއެއް ނެތް ވެރިން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވަނީ މިހާރު މިސަރުކާރުގައި ރާއްޖޭގެ މައި ޕޯޓާ އަދި ހނިމާދޫ އެއާޕޯޓުވެސް ވިއްކާ ވިއްކުމަށް ނުރުހުން އަމާޒުކުރައްވާފައެވެ. އުމަރު ވިދާޅުވީ ހަރު މުދާ ވިއްކުމަކީ އޮތް ހައްލެއް ނޫން ކަމަށާ ތަންތަން ދިގު މުއްދަތަށް ކުއްޔަށް ދިނުންވެސް ކަމުނުދާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ އެ ދަރަޖައަށް ކަންކަން ދަނީ އިލްމާ ހިލްމާ ގާބިލު ކަން ނެތް ވެރިން ގައުމާ ހަވާލުވާތީ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ތަންތަން ކުރި މުއްދަތަށް ކުއްޔަށް ދެވިދާނެ ކަމަށާ ނަމަވެސް އެތަންތަން އޮޕަރޭޓުކޮށް ހިންގަން ޖެހޭނީ ރާއްޖެއިން ކަމަށެވެ. އެއީ ގަވަނަންސްގެ ތެރޭގައި ހިމެނޭ މުހިއްމުކަމެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.