March 16, 2026
Advertisement
.
. / އެޑިޝަން.އެމްވީ

ޕީއެންސީ ޖަލްސާއަށް ކޮންމެ މެމްބަރަކު 100 އަށްވުރެ ގިނަ މީހުން ގެންނަން އަންގާ ހާޒިރީ މާކު ކުރަނީ

Yana Shareef
ޔާނާ ޝަރީފް
Nov 9, 2025, 03:23 AM

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޕީއެންސީ މެމްބަރަކު ސަތޭކައަށްވުރެ ގިނަ މީހުން ގެނެއުމަށް އަންގައިފިއެވެ.

Advertisement

ތޭރައޮންލައިނަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މިކަން ސަރުކާރުން ކުރަނީ ކޮންމެ ރަށެއްގައި ވެސް ފެނަކަ އޮފީހަށް ސިޓީއެއް ފޮނުވައިގެން އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު ހޯދަައިގެންކަމަށާއި އެކަން ކުރަނީ އެ ފަރާތްތަކުން ޕީއެންސީން ބާއްވާ ޖަލްސާއަށް ހާޒިރުވިތޯ ބެލުމަށް ހާޒިރީ މާކު ކުރުމުގެ ބޭނުމުގައިކަމަށެވެ.

ފެނަކައިގެ އިތުރުން ވެސް ކޯޓުތަކާއި ރަށްރަށުގެ އެހެން އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ވަޒީފާގެ ބިރު ދައްކައިގެން ޖަލްސާއަށް ހާޒިރުކުރާނެކަމަށް އެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

އެކަން އެގޮތަށް ކުރަން އެންގެވީ ރައީސް މުހައްމަދު މުއިއްޒު ކަމަށާއި އެކަން ކުރަނީ ސަރުކާރަށް އޮތް ތާއިދު ހާމަކުރުމަށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެެ.

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ބާއްވަވާ ޖަލްސާތަކަށް ހާޒިރުވާ މީހުންގެ އަދަދު ގިނަވެފައިވާތީ ސަރުކާރަށް ހަޖަމްނުވެގެން މީހުންނަށް މަޖުބޫރު ކުރުވައިގެން ޖަލްސާއަށް ހާޒިރުކޮށް ހާޒިރީ ބަލަން ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved