theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / އެމްއެންޑީއެފް
ހަބަރު
ޑްރޯންގެ އެހީގައި ރާއްޖެ ސަރަޙައްދުން ހިފެހެއްޓި ލަންކާގެ ބޯޓުގައި 300 ކިލޯ ޑްރަގްސް
Yana Shareef
ޔާނާ ޝަރީފް
08 ނޮވެމްބަރު 2025

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް، އެމްއެންޑީއެފުން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހު އަތުލައިގަތް މަސްބޯޓުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދެއްވާފައިވާއިރު، އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މީގެއިތުރުން އެމްއެންޑީއެފުން އިއްޔެ ބުނެފައިވަނީ، އެ ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔައީ ސިފައިންގެ ވައިގެ ޚިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އެ ބޯޓު ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާކަން ފާހަގަކުރެވި، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓް ކުރުމަށްފަހުކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އިއްޔެ އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި ކްރިސްޓަލް މެތު ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.

އެގޮތުން، އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކުވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެ ބޯޓު އެމްއެންޑީއެފުން ހޯދާފައިވަނީ، ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް ލަންކާގެ ޓީމެއް ރާއްޖެ އަންނަންވެސް މިހާރުވަނީ ނިންމާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved