theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / އެމްއެންޑީއެފް
ހަބަރު
އެމްއެންޑީއެފުން ތިނަދޫގައި އަސްކަރީ ހުށަހެޅުންތަކެއް ދައްކާލައިފި
Yana Shareef
ޔާނާ ޝަރީފް
08 ނޮވެމްބަރު 2025

ނަސްރު ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ތިނަދޫ ސިޓީގައި އަސްކަރީ ހުށަހެޅުންތަކެއް މިއަދު ދައްކާލައިފިއެވެ.

ތިނަދޫ ސިޓީ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި ޑިސްޕްލޭ ޝަރަފްވެރިކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ޑިސްޕްލޭގައި އެމްއެންޑީއެފުން ވަނީ، ރާއްޖެއަށް ކުރިމަތިވާ ނިރުބަވެރި ހަމަލާއަކާ ދެކޮޅަށް ގާބިލްކަމާއި ކުޅަދާނަކަމާއެކު އެއް ގަމުގެ ބާރުން ހިންގާ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދީފައެވެ.

އެގޮތުން، ރާއްޖޭގެ ސަރަޙައްދުގައި ސިއްރިއްޔާތުގައި ދުޝްމިނުންގެ ސެލްތަކެއް ހަރަކާތްތެރިވާކަން އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސާވިސްއަށް ލިބޭ ކަށަވަރު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، ދުޝްމިނުންގެ އޮބްޖެކްޓިވްތައް ނައްތާލުމަށް އެމްއެންޑީއެފްގެ ބާރުތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ދައްކުވައި ދީފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ޑިސްޕްލޭއަށްފަހު އާއިލީ ހަވީރެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ މި ޑިސްޕްލޭއަށާއި އާއިލީ ހަވީރަށް، އާންމުންނާއި ކުޑަކުދީންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved