March 16, 2026
Advertisement
ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން
ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން / ޕީޕީއެމް

ސިޔާސީ ޕާޓިތަކަށް ފައިސާ ދޫކުރި އިރު ޕީއެންސީއަށް 13 މިލިއަން

Faina Faiz
ފައިނާ ފާއިޒް
Nov 9, 2025, 11:23 PM
މާލެ ސިޓީ

އިލެކްޝަންސް ކޮމިޝަންގައި ރެޖިސްޓާރ ކުރިވެިފައިވާ 9 ޕާޓީގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ 5 ޕާޓިއަށް ފައިސާދިން އިރު ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންސީއަށޤ 13 މިލިއަން ރުފިޔާ ދީފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި އެ ކޮމިޝަނުން ވަނީ ޖުމްލަ 27 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދީފައިއެވެ.

މީގެ ތެރެއިން 13 މިލިއަން ރުފިޔާ ވެރިކަން ކުރާ ޕީއެންސީއަށް ދީފައިވާއިރު އިދިކޮޅު އެމްޑީޕީއަށް ލިބިފައި މިވަނީ 8 މިލިއަން ރުފިޔާއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާއެވެ. ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީއެއްގައި 10،000 މެމްބަރުން ހަމަވެފައިވާ ޕާޓީތަކަށް މި ފައިސާ ވަނީ ދެވިފައިކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައިއެވެ.

މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ވެރިކަން ކުރާ ޕާތީ ޕީއެންސީ އޮތް ސަބަބަކީ އެ ޕާޓީއިން ވެރިކަމަށް އައުމުގެ ކުރިން ވީ ދޮގު ވައުދުތަކުގައި މައުސޫމު ރައްޔިތުން ހައްލުވާ އެ ޕާޓީއަށް ރައްޔިތުން ލައްވާ ސޮއި ކުރުވުމުންކަން މިއީ ޝައްކެއްނެތް ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved