theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ސިޔާސީ
ވިފާގްގެ މައްސަލަ ފުލުހުން ބަލަނިކޮށް ފުލުހުންގެ ވެރިންގެ މައްސަލަ ބަލަން ނާޒިމްގެ ކޮމިޓީއަށް
Yana Shareef
ޔާނާ ޝަރީފް
10 ނޮވެމްބަރު 2025

2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު މާފަންނު ހަސޯވާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން 25 އަހަރުގެ، ވިފާގް އިބްރާހިމް އަދުނާނު ފުންމާލައިގެން ނިޔާވި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން ގެންދާއިރު, ފުލުހުންގެ ބޮޑުންތަކެއްގެ މައްސަލަ ބެލުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ބައްލަވާ 241 ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅީ ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ފަރާތުން ކާކުކަން ނޭނގޭގޮތަށެވެ.

ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ވަނީ ޝިފާން އާއި ފަރުހާދުގެ ކިބައިން ފެންނަމުން އަންނަ ގާނޫނާއި ގަވާއިދާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަންކަމުގެ ސަބަބުން މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ނުރަނގަޅު ނުފޫޒާއި، ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިއާ ލީޑާޝިޕްގެ މެދުގައި މަސްލަހަތު ގެއްލި، އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުން ލައިގެން ދާކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.

އެ ކަންކަމުގެ ސަބަބުން ގާނޫނު އަސާސީ އާއި ގާނޫނު ތަކުން ފުލުހުންގެ މުއައްސަސާއާ މަތިކޮށްފައިވާ ޒިންމާ އާއި ވާޖިބުތައް އަދާކުރުމަށް މުއައްސަސާ ނުކުޅެދި، ފެއިލްވެ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ސަލާމަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

ހުށަހެޅި މައްސަލައާއެކު ޝިފާން އާއި ފަރުހާދުގެ ފަރާތުން ހިނގާފައިވާ އަދި މިހާރު ވެސް ހިންގަމުން އަންނަ ގާނޫނާއި ގަވާއިދު އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަންކަމުގެ މައުލޫމާތުގެ މައްޗަށް އެކުލަވާލެވިފައިވާ ދެ ރިޕޯޓެއް ވަނީ އެޓޭޗްކޮށްފައިވެ އެވެ.

ޝިފާނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ފްރޭމް ކުރަން އުޅުމާއި، ޖިންސީ ފުރައްސާރަކުރުން ހިމެނޭހެން ގިނަ ތުހުމަތުތަކެއް ހިމެނެ އެވެ.

ފަރުހާދުގެ ދަރިފުޅުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅޭ ހެކިތައް ނައްތާލި ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ފަރުހާދު ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

241 ކޮމިޓީއަށް މި މައްސަލަތައް ހުށަހެޅިއިރު ކޮމިޓީގެ މުގައްރިރަކަށް އިންނަވަނީ ނާޒިމެވެ. ނާޒިމް އަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހު މ.ހަސޯވާގެ ނުވަ ވަނަ ފަންގިފިލާއިން ފުންމާލި ވިފާގް ގެ ދޮންބައްޕައެވެ.

ވިފާގްގެ މަރާއި ގުޅިގެން ޗެނަލް 13 އިން ގެނެސްދިން ޑޮކިޔުމެންޓަރީގައި އޭނާގެ އާއިލާއިން ވަނީ ނާޒިމް ވިފާގްއަށް ޖިންސީ ފުރައްސާރަކުރިން ފާހަގަކޮށްފައެވެ. ޑޮކިޔުމެންޓްރީ އެޅުވުމުން ނާޒިމް އަންގައިގެން ކުރީގެ އޮތް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ޗެނަލް ތޭރައަށް ފިޔަވަޅު ވެސް އަޅާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved