theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނެތް 3 ކުންފުންޏަކަށް ޕްރޮޖެކްޓް ބަހާލިކަން ފަޅާއަރައިފި
Yana Shareef
ޔާނާ ޝަރީފް
10 ނޮވެމްބަރު 2025

ބީލަމަށް ނުލައި، އެއްވެސް ތަރުތީބެއް ނެތި ގާތް ބޭފުޅުންނަށާއި އާއިލާ ބޭފުޅުންނަށް ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައި ނެތް ތިން ކުންފުންޏަކަށް ޖުމުލަ 52 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން އިމާރާތް ކުރުމުގެ މަސައްކަތްތަކާ ގުޅޭ ޕްރޮޖެކްޓުތައް ހަވާލުކުރި ތިން ކުންފުންޏެއް، ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތްކަން ވަނީ ހާމަވެފައެވެ. އެއީ އެފްޖޭ ޑިޒައިންސް އާއި، އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް އަދި އެވޯކާ ޕްރައިވެޓް ލިމިޓެޑެވެ.

އެގޮތުން އެވޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ދެ ޕްރޮޖެކްޓުގެ އަގަކީ 21.6 މިލިއަން ރުފިޔާ އެވެ. އެއީ ލ. އިސްދޫ ސްކޫލްގައި ފަސް ކްލާސްރޫމާއި ހަ ފާހާނަ ހެދުމަށް 6.6 މިލިއަން ރުފިޔާ އަދި 10 ރަށެއްގެ ސްކޫލްގެ ކުޅޭ ސަރަހައްދުގައި ޓާފް އެޅުމަށް 15 މިލިއަން ރުފިޔާ އެވެ.

އެފްޖޭ ޑިޒައިންއާ ހަވާލުކޮށްފައި ވަނީ ހަތް ރަށެއްގައި ޕޮލިސްޓޭޝަން އިމާރާތް ކުރުމުވެ. އެއީ، ލ. މާމެންދޫ، މާބައިދޫ، ދ. ހުޅުދެލި، ބަނޑިދޫ، މ. މަޑުއްވަރި، ތ. ގާދިއްފުށި އަދި ދިޔަމިގިލީ ޕޮލިސް ސްޓޭޝަންގެ އިމާރާތެވެ. މި ހަތް މަޝްރޫއުގެ ޖުމުލަ އަގަކީ 17.5 މިލިއަން ރުފިޔާ އެވެ.

އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ ވެސް ހަވާލުކޮށްފައި ވަނީ ފަސް ރަށެއްގެ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށެވެ. އެއީ ކ. ދިއްފުށި، ބ. ހިތާދޫ، ކިހާދޫ، ދޮންފަނު، އަދި ކުޑަރިކިލު އެވެ. މި މަޝްރޫއުތަކުގެ އަގަކީ 13 މިލިއަން ރުފިޔާ އެވެ.

ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ރަޖިސްޓްރީނުކޮށް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެ އެވެ. އެ ފަދަ ހުއްދައަކަށް ހުށަހެޅޭނީ ވެސް ދަފުތަރުގައި ރަޖިސްޓްރީ ވެފައި އޮންނަ ކުންފުންނިތަކަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved