March 16, 2026
Advertisement
ނާޒިމް
ނާޒިމް / -

ވަޒީފާ ދީފައި ވަޒީފާއިން ކަަނޑަނީ ވެސް ނާޒިމް ބޭނުންވީމަ: މަލީހް

Yana Shareef
ޔާނާ ޝަރީފް
Nov 10, 2025, 09:03 AM

ވަޒީފާ ދިނުމުން ފެށިގެން ވަޒީފާއިން ކެނޑުމުގެ ބާރުވެސް ލިބިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށްކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެެވެ.

މަލީހް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ބޮސްއަކީ ނާޒިމްކަން މިހާރު ހާމަވާ ކަމަށެވެ. އެގޮތުން ނާޒިމް ބޭނުންވާ މީހާ ވަޒީފާއިން ކަނޑާ އަދި އަނބުރާ އެމީހަކަށް ވަޒީފާ ދޭން ބުނަނީ ވެސް ނާޒިމްކަމަށް ވިދާޅުވެ މަލީހު ވަނީ މި ދައުލަތް މިހާރު ބޮޑު ޖޯކަކަށްވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މަލީހް ވިދާޅުވީ މުޅި ދައުލަތް އޮޅުން ބޮޅުމެއްގެ ތެރޭގައިވާކަމަށެވެ.

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމުގައި ހުންނަވަނިކޮށް މަހުމޫދު ރިޔާޒު މަގާމުން ވަކިކޮށް އޭގެ ދިހަ ދުވަސް ފަހުން އޭނާއަށް އަލުން މަގާމު ދިނުމާއި ގުޅިގެންނެވެ.

ރިޔާޒަށް މަގާމު އަލުން ދިނުމަށް ރައީސް މުއިއްްޒަށް ލަފާ އަރުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ.

މި ކޮމިޓީއަކީ ނާޒިމްގެ ނުފޫޒު އޮންނަ ކޮމިޓީއެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved