March 16, 2026
Advertisement
ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ފެން ޕަމްޕުތައް
ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ފެން ޕަމްޕުތައް / ރައީސް އޮފިސް

ދެ ހައިމާކާ އޭޓީއެމް ނިމި މިފަހަރު ފެން ޕަންޕެއް!

Faina Faiz
ފައިނާ ފާއިޒް
Nov 10, 2025, 08:52 PM
މާލެ ސިޓީ

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ސްޓޯމްވޯޓާ ޕަމްޕުތަކެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

Advertisement

މި ފެން ޕަމްޕުތައް ހަވާލުކޮށްފައި ވަނީ މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައިއެވެ.

މި ޕަމްޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ ސީއެމްއީސީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ލިއު ޝިއާއޯޑާ ކަމަށާއި، މޯލްޑިވްސް ސަރުކާރުގެ ފަރާތުން ޕަމްޕްތައް ބަލައިގަތީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

ޖުމްލަ ހަ ސްޓޯމްވޯޓާ ޕަމްޕް މޯލްޑިވްސްއަށް ހަދިޔާކޮށްފައިވާއިރު، އެ ޕަމްޕްތައް ގްރޭޓާ މާލެ ސަރަހައްދުގައި ބަހައްޓާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

އިތުރުން ސީއެމްއީސީގެ އޮފިޝަލުންނާއެކު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން މޯލްޑިވްސްގައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައިސް މުއިްޒުގެ ވެރިކަމަށް 2 އަހަރު ފުރުމާ ގާތް ވެފައިވާއިރު އަދި މިހާތަނަށް މާލެ އަދި ހުޅުމާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް މިހާތަނަށް ހައްލެއް ލިބިފައެއް ނުވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުކަނޑާތީ އެކަމަށް ފާޑުކިޔުން އަމާޒުވުމުން ވަޑައިގަންނަވާ ކޮންމެ ރަށަކަށް ދެ ހައިމާކު ގެންގޮސް ކޮންމެވެސް ނަމެއް ކިޔާ މަޝްރޫއެއް ފަށާ، އަދި އޭޓީއެމް ވެސް ހުޅުވަމުން ގެންގޮސްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved