April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޗައިނާގެ ސެޓެލައިޓް އެހީތެރިކަމާއެކު އީރާނުގެ އަސްކަރީ ގާބިލުކަން އާ އުސްމިންތަކަކަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 18, 2026, 10:27 PM
މާލެ ސިޓީ

ޗައިނާއިން އީރާނަށް ފޯރުކޮށްދެމުންދާ ޒަމާނީ ސަވައިލެންސް އަދި ރިއަލް ޓައިމް ޓްރެކިންގެ އެހީތެރިކަމާއެކު އީރާނުގެ އަސްކަރީ ބާރު ގަދަވަމުންދާކަން ހާމަވެއްޖެއެވެ.

Advertisement

ޗައިނާގެ ކުރިއަރާފައިވާ ސެޓެލައިޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން، އެމެރިކާގެ އަސްކަރީ ބިލްޑްއަޕްތަކާއި، ސިފައިން ތިބި ތަންތަނުގެ ތަފްސީލުތައް އީރާނުގެ އަސްކަރިއްޔާއަށް މިހާރު ދަނީ ލިބެމުންނެވެ. މީގެ ތެރޭގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކާއި ވައިގެ ސިފައިންގެ ހަރަކާތްތަކާ ބެހޭ ރިއަލް ޓައިމް ޑޭޓާ ހިމެނޭއިރު، މީގެ ސަބަބުން އީރާނަށް އެ ސަރަހައްދުގައި އޮތް އެމެރިކާގެ ނުފޫޒާ ދެކޮޅަށް ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

މި އެހީތެރިކަމުގެ ސަބަބުން، ކުރިން އެމެރިކާއަށް އޮތް އަސްކަރީ ކުރިއެރުން ކުޑަވެ، ދެ ގައުމުގެ ދެމެދުގައި އޮތް ބާރުގެ ބެލެންސް ހަމަހަމަވަމުންދާ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ. ޗައިނާއަކީ އީރާނުގެ އިތުބާރު ހުރި ސަވައިލެންސް އަދި ރިކޮނައިސަންސް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިއުމަކީ، އެ ސަރަހައްދުގައި ހުޅަނގުގެ ބާރުތަކަށް އޮތް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.

މިކަމުގެ ސަބަބުން އީރާނަށް އެމެރިކާގެ އަމާޒުތައް ދެނެގަނެ، އެކަމަށް ދުރާލާ ތައްޔާރުވުމުގެ ގާބިލުކަން ވަނީ ލިބިފައެވެ. މިއީ ޗައިނާގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، މިނިވަން ދައުލަތްތަކުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved