March 16, 2026
Advertisement
ހަނިމާދޫ އެއާޕޯޓު ހުޅުވީ މަސައްކަތް ނުނިންމާ
ހަނިމާދޫ އެއާޕޯޓު ހުޅުވީ މަސައްކަތް ނުނިންމާ / ރައީސް އޮފިސް

ހަނިމާދޫ އެއާޕޯޓު ހުޅުވީ މަސައްކަތް ނުނިންމާ!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 11, 2025, 02:06 AM
މާލެ ސިޓީ

ބޮޑު ރަސްމިއްޔާތަކާ އެކު ހުޅުވި ހަނިމާދޫ އިންޓަނޭޝާނަަލް އެއާޕޯޓު ހުޅުވީ ތަނުގެ މަސައްކަތް އެއްކޮށް ނުނިންމާކަން ހާމަވެއްޖެއެވެ.

Advertisement

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު "ދުއްޕާނަކަށް" ވެގެން އުޅުނު ބޭފުޅުންގެ ސަރުކާރުގައި މެޑަލް ޖެހުމުގެ ގޮތުން އެ އެއާޕޯޓު ހުޅުވިއިރު، ފަސް ވަރަކަށް މަހުން ނޫނީ ނުނިމޭނެ ވަރުގެ މަސައްކަތް އެ އެއާޕޯޓްގައި އަދިވެސް އެބަހުރިކަމަށްވެއެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދުއާ ސުވާލުކުރުމުން ވިދާޅުވީ، އެއާޕޯޓުގެ ބޭރުގައި ކްލެޑިން ޖަހަންޖެހޭ ތަނބުތަކުގައި މިހާރު ހުރީ ޕުޓީ ލާފަ އެވެ. އަދި ޓާމިނަލްގެ ދެވަނަ ބުރީގެ މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށެވެ.

އާ ޓާމިނަލްގެ މަސައްކަތުގެ އިތުރުން ސީޕްލޭން ޓާމިނަލްގެ މަސައްކަތްތައް ވެސް އަދި ނުނިމޭ ކަމަށް ކައުންސިލުން ބުންޏެވެ.

އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މިދިޔަ ސަރުކާރުން ޕްލޭންކޮށްފައި އޮތްގޮތަށް އަންނަ އަހަރުގެ މާޗް މަހަށް ކަމަށް ވެއެވެ.

ހަނިމާދޫ އެއާޕޯޓަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 2.1 ބިލިއަން ރުފިޔާގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 18، 2023 ގަ އެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސް އިންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved