theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު ހަނިމާދޫ ކައުންސިލަރުންނާ އެކު / ރައީސް އޮފިސް
ހަބަރު
ހަނިމާދޫ އެއާޕޯޓު ހުޅުވީ ހަނިމާދޫ ކައުންސިލަރުން ބާކީކޮށްފައި!
10 ނޮވެމްބަރު 2025
މާލެ ސިޓީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުން އެ ރަށުގެ ކައުންސިލަރުން ބާކީކޮށްފިއެވެ.

މީސް މީޑީޔާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އާދިއްތަ ދުވަހުގެރޭ ބޭއްވި އެ ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލަރުންނަށް ޚާއްސަކޮށް ގޮނޑިވެސް ބަހައްޓާފައިނުވެއެވެ. މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ހަނމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދަށް ގުޅާލުމުން ވިދާޅުވީ، އެ ބޭފުޅުންނާ މެދު އެ ރަސްމިއްޔާތުގައި ކަންކުރީ ވަރަށް ދެރަވަރުކޮށް ކަމަށެވެ. އެގޮތުން މުޅި ރަސްމިއްޔާތުގެ އިންތިޒާމު ދަށްކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވީ ހަނިމާދޫގައި ރަސްމިއްޔާތު ބޭއްވިއިރު ހަނިމާދޫ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ކައުންސިލަރުންނަށް އެއްވެސް ވަރެއްގެ އިހުތިރާމެއް ނެތް ކަމަށެވެ.

އެގޮތުން އެ ބޭފުޅުން ރަސްމިއްޔާތަށް ވަޑައިގެންނެވިއިރު އެ ބޭފުޅުންނަށް ހާއްސަ ގޮނޑިވެސް ނެތް ކަމަށާ ނަމަވެސް އަޝަރިންގައި ހުރި ކުއްޖަކު އައިސް ކުރީ ގޮނޑިބަރިން ޖާގަ ހުންނާނެ ކަމަށް ބުނެ ގޮވައިގެން ގޮސް ގޮނޑިތަކުގައި ބައި ތިއްބާފައި ތިއްބާ މާލެއިން ގޮސް ތިބި ބަޔަކު އެއީ އެމީހުންގެ ސީޓުތައް ކަމަށް ބުނެ އެ ގޮނޑިތަކުން ހަނިމާދޫ ކައުންސިލަރުން ނެގި ކަމަށާ އޭގެ ފަހުން އެ ބޭފުޅުން ތިބީ 18 ވަނަ ގޮނޑި ބަރީގައި ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

ކައުންސިލް ރައީސަށްވެސް ގޮނޑިއެއް ކުރީ ސަފުންވެސް ނެތް ކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވީ، މިއީ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންނަށް އިހުތިރާމު ނުކުރާ ސަރުކާރެއް ކަމަށެވެ. ފިރާގު ވިދާޅުވީ، ސިޔާސީ ފިކުރު ތަފާތު ނަމަވެސް ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމުކުރަން ވާނެ ކަމަށާ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހަނިމާދޫއަށް ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބަޔަކަށް އަދަބު އިހުތިތިރާމު އަދާނުކުރަމަކީ ސިޔާސީ ގޮތުން ހުތުރުކަމެއް ކަމަށެވެ.

ފިރާގު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު މިފަހަކަށް ވަޑައިގެންނެވި ބައެއް ރަށްތަކުގައި އެމަނިކުފާނުގެ ފިކުރާ ތަފާތު ފިކުރުގެ ބޭފުޅުން ކައުންސިލުގައި ތިއްބެވުމުން އެ ބޭފުޅުންނަށް ރަސްމިއްޔާތުގައި ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved