theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
މަލީހުގެ ވަރުގަދަ ސުވާލެއް: ހިރިމަރަދޫން އިން މީހުން ބާލާއިރު ކީއްކުރާ ކައުންސިލް އިމާރާތެއް؟
Yana Shareef
ޔާނާ ޝަރީފް
30 ޑިސެމްބަރު 2025

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކައުންސިލް އިމާރާތްތައް އެޅުމަށް ސަރުކާރުން ހަވާލުކޮށްފައިވާއިރު ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމިއިރު އެ ރަށު ގައި ކައުންސިލް އިމާރާތް ގާއިމުކުރުމުގެ ބޭނުމަކީ ކޮބައިތޯ ޕީއެންއެފްެގެ ސެކެޓްރީ ޖެނެރެަލް މުހައްމަދު މަލީހު ޖަމާލް ސުވާލު އުފައްދަވައިފިއެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ގަރާރު ނެރުއްވައިފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްްގައި މަލީހު ވިދާޅޫވީ މީހުން ދިރިނޫޅޭ ރަށެއްްގައި ކައުންސިލް އިމާރާތް އެޅުމުގެ ބޭނުމެއް ނެތްކަމަށެވެ.

ކައުންސިލް އިމާރާތްތައް އަޅަން ބިޑުކުރުމަކާ ނުލައި ހަވާލުކޮށްގެން ސަރުކާރުން ކޮރަޕްޝަން ހިންގާކަމަށް ވެސް މަލީހު ތުހުމަތުކުރައްވާފައިވެއެވެ.

ކައުންސިލް އިމާރާތުގެ އިތުރުން ސަރުކާރުން އެ ރަށުގައި 4.1 މިލިއަން ރުފިޔާއަށް "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" އަޅަން ދިނީ މިދިޔަ މަހުގެ ހަވަނަ ދުވަހެވެ.

މިފަދައިން ކަންތައް ކުރެއްވީ އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ޚިދުމަތް ގާއިމްކުރާނެކަމަށް ބުނެއެވެ.

ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ހަވާލުކޮށްފައި ރަށުން މީހުން ބޭލުމަށް ގަޜާރު ނެރުމުން މަލީހުގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved