theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީންއާ ރައީސް މުއިއްޒުގެ ތަފާތަކީ ފިކުރު ތަފާތަސް ކުރައްވާ އިހުތިރާމު: ފިރާގު / އެޑިޝަން.އެމްވީ
ހަބަރު
ރައީސް ޔާމީންއާ ރައީސް މުއިއްޒުގެ ތަފާތަކީ ފިކުރު ތަފާތަސް ކުރައްވާ އިހުތިރާމު: ފިރާގު
Mariyam Isaadha
މަރިޔަމް އިސާދާ
14 ނޮވެމްބަރު 2025
މާލެ ސިޓީ

ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންއާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެއް ތަފާތަކީ ޚިޔާލު ތަފާތު ފަރާތްތަކާ މެދު ކުރައްވާ އިހުތިރާމާ ބާއްވާ ގާތްކަން ކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފިރާގު މިފަދައިން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ބޭއްވި ހަފްލާގައި އެ ރަށުގެ ކައުންސިލަރުން ބާކީކޮށް ރައީސް މުއިއްޒުގެ ސަރުކާރުން ކަންކުރެއްވި ގޮތާ މެދު ޗެނަލް 13 އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފިރާގު ވިދާޅުވީ އެރޭ އެތަނުގައި ހަނިމާދޫ ކައުންސިލަރުން އިށީންނާނެ ގޮނޑިއެއްވެސް ޚާއްސަކޮށްފައި ނުވާ ކަމަށާ އެ ބޭފުޅުން ތިއްބެވީ ޖަލްސާގެ އެންމެ ފަހަތަށް ވާހެން 18 ވަނަ ގޮނޑި ބަރީގައި ކަމަށެވެ. ނަމަވެސް އެ ބޭފުޅުންނަކީ ވެސް ރައްޔިތުންތަކެއް އިންތިހާކޮށް ރައްޔިތުންގެ އަޑު އިއްވަން ތިބި ބަޔަކަށް ވެފައި ރައީސް މުއިއްޒަކީ ވެސް ހަމަ އިންތިހާބީ ބޭފުޅަކަށް ވުމުން އެ ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.

ފިރާގު ތުހުމަތުކުރެއްވި ގޮތުގައި އެ ގޮތަށް އަމަލުކުރީ ހަނިމާދޫ ކައުންސިލްއަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަކަށް ވުމުން ރައީސް މުއިއްޒަށް ހަޖަމް ނުވީ ކަމަށާ ދާދި ފަހުން އެމަނިކުފާނު އެކި ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ޚިޔާލު ތަފާތު ކައުންސިލަރުންނާ މެދު ކަންކުރި ގޮތް ވަރަށް ރަގަޅަށް ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށްވެސް ފިރާޣު ވިދާޅުވިއެވެ.

އެގޮތުން ފުވައްމުލައް ސިޓީގެ މޭޔަރަށާ އަދި އައްޑޫ ސިޓީގެ މޭޔަރަށްވެސް އެ ބޭފުޅުންގެ ޚިޔާލުފާޅުކުރުމަށް ރައްޔިތުންގެ ބައްދަލުވުމުގައި ދީފައިނުވާކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވީ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވީ ނަމަވެސް އަދަބު އިހުތިރާމު އޮންނަން ވާނެ ކަމަށާ ރައީސް މުއިއްު ހުންނެވީ އެ ބޭބޭފުޅުންގެ ވަޒަނުގައި ކަމަށެވެ.

ފިރާގު ވިދާޅުވީ އެ ކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި ދިޔައެއް ކަމަށާ އެހެންކަމުން ރައީސްކަމަށް ކުފޫ ހަމަ ނުވާ ބޭފުޅަކު ރައީސްކަމުގައި ހުންނަވާއިރު އެފަދަ ނާގާބިލުކަން ފެންނަމުންދާނެ ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ ޚިޔާލު ތަފާޓުވީ ނަމަވެސް ޕީއެންއެފްގެ ރައީސް، ރައީސް ޔާމީންއަކީ ތަފާތު ބޭފުޅެއް ކަމަށެވެ. އެގޮތުން ތިލައުތުރު އެވޯޑްސްއަށް ވަޑައިގެންނެވުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވި މަގުމަތީގައި ވަގުތުގެ ދަތިކަން ހުރެމެވެސް ހަނިމާދޫ ކައުންސިލަރުން ދެންނެވި ދެންނެވުމަށް އިޖާބަ ދެއްވާ ހަނިމާދޫ ކައުންސިލުގެ ތެރޭގައި އަލަށް ހަފާ އަދި ނުހުޅުވާ ހުރި ލައުންޖެއް ބައްލަވާލަން ވަޑައިގެންނެވި ކަމަށާ ވާހަކަފުޅު ދައްކަވާ އެ ކައުންސިލަރުންނާ ޚިޔާލު ބަދަލުވެސް ކުރެއްވިކަމަށެވެ.

ފިރާގު ވިދާޅުވީ، އެއީ ސިޔާސީ ގޮތުން ފުރާ ފުރިހަމަވެފައި ތިއްބަވާ ވެރިންގެ މިސާލު ކަމަށާ ޚިޔާލު ތަފާތުވީ ނަމަވެސް އެންމެންނަށްވެސް އިހުތިރާމު ކުރަންވާނެ ކަމަށެވެ.

ފިރާގު ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ފޮޓޯ ދައްކައިގެން ނަމަވެސް، ދެ ރައީސުންގެ މެދުގައި އުޑާ ބިމާހާ ތަފާތު އެބަހުރި ކަމަށާ ރައީސް ޔާމީނާ ޗެލެންޖު ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved