March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވަގު ފޯމް ފުރިކަން ސާބިތުވެ އީސީއިން ޖޫރިމަނާ ކުރި ޕީއެންސީއަކީ އެންމެ ބޮޑު ޕާޓީކަމަށް ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 11, 2025, 06:57 AM
މާލެ ސިޓީ

ވަގު ފޯމް ފުރިކަން ސާބިތުވެ އީސީއިން ޖޫރިމަނާ ކުރި ޕީއެންސީއަކީ އެންމެ ބޮޑު ޕާޓީކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބުނެފިއެވެ.

Advertisement

ސަރުކާރުގެ ސިޔާސަތުތަކަށް މިފަހުން ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވަމުން އަންނަ ވެލިދޫ ދާއިރާގެ މެންބަރު އައްބާސް އަށް ރައްދު ދެއްވާ ސިނާނު ވަނީ ޕީއެންސީއިން ޑީއެންއާރްއިން ވައްކަން ކޮށް މެންބަރުން އިތުރުކުރިކަން އެގި ހުރެ އެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީކަމަށް ބުނެފައެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޕީއެންސީ އިން ބާއްވަން ތައްޔާރުވަމުންދާ ޖަލްސާއަށް އައްބާސްގެ ފާޑުކިޔުންތައް އަމާޒުވެފައިވާތީ ސިނާނު ބުނީ އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 68،000 އަށް ވުރެ ގިނަ މެންބަރުން ތިބުމާއެކު، ޕީއެންސީ ވެފައިވަނީ ރާއްޖޭގެ އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަށެވެ.

ނަމަވެސް 68،000 މީހުން އެ ޕާޓީއިން ހާމަކުރި ގޮތަކީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެގޭ ބޮޑު ސިއްރެކެވެ.

ޕީއެންސީއިން ކުރި ބޮޑު ވައްކަން ސިނާނު ސިފަކުރެއްވީ އެއީ ރައީސް މުއިއްޒަށް އޮތް ލޯތްބާއި ގަދަރުގެ ގޮތުގައެވެ. މިކަމުންވެސް އެގިގެންދަނީ މިއީ ސިޔާސީ މައިދާނަށް ކުފޫ ހަމަނުވާ މީހުންތަކެއްގެ ގޮތުގައެވެ. މުއިއްޒަށް ޘަނާ ކިޔުމުގައި ޕީއެންސީގެ ބޮޓުން އަންނަނީ ދޮގު ހެދުމާއި ރައްޔިތުންނަށް އޮޅުވާލުމުގައި ހައްދުފަހަނައަޅަމުންނެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން ބާއްވާ ބޮޑު ޖަލްސާއަށް އެކި ރަށްރަށުން ރަސްމީ ބޭނުންތަކުގެ ނަމުގައި މަޖުބޫރުން މާލެ ގެނެސް ނެތް ސައިޒު ދައްކަން ޕީއެންސީއިން އަންނަނީ އެތަކެއް މަސައްކަތްތައް ކުރަމުންނެވެ.

މިގޮތުން އައްބާސްވެސް ވަނީ އޭނާގެ އެކްސް އެކައުންޓްގައި ހަމައެއް ލަމައެއް ނެތި ވަޒީފާ ބަހާ މަސައްކަތެއް ނެތި ގިނަވެފައި ތިބި މުވައްޒަފުން މި ޖަލްސާއަށް ގެނެސް މުއިއްޒަށް ތާއީދު އޮތް ކަމަށް ދެއްކިއަސް ރައްޔިތުންގެ މައްސަލަތަކަށް ހައްލު ނުލިބޭނެކަމަށް ވިދާޅުވެ ދައުލަތުގެ ފައިސާ ސިޔާސީ ކަންކަމަށް ޚަރަދުނުކުރުމަށް ސިފަވާ ގޮތަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved