March 16, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

2.0 ގައި ކޮރަޕްޝަން ނައްތާލަނީ، އެހިސާބުން ގާނޫނަށް ޕީއެންސީއިން ޖަވާބުދާރީ ވާނެބާ؟

Faina Faiz
ފައިނާ ފާއިޒް
Nov 11, 2025, 08:55 PM
މާލެ ސިޓީ

ދައުލަތުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކުރުމަށް، ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ސަަރުކާރުން މިވަނީ "މޯލްޑިވްސް 2.0" ގެ ނަމުގައި ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ފަށާފައިއެވެ.

Advertisement

ނަމަވެސް ސުވާލު އުފެދެނީ، މިހާރުވެސް ގާނޫނީ ހުރިހާ ބާރަކުން ސަލާމަތްވަމުން އަންނަ ރައިސް މުއިއްޒުގެ ވެރިކަން ކުރާ ޕާޓީއިން ހިންގަމުން އަންނަ ކޮރަޕްޝަންގެ އަމަލުތަކަށް އެއްވެސް ބަދަލެއް އަންނާނެ ކަމާމެދުއެވެ.

ޕީއެންސީގެ އަމަލުތަކަށް ފުލުހުންނަށް ނުފެންނަ ފަދައެވެ. އެ ޕާޓީގެ ޖަލްސާތައް ބޭއްވުމަށް މާލޭގެ މަގުތައް ޕޯސްޓަރުތަކުން ފުރިގެން އަންނަ އިރުވެސް ފުލުހުން ނުވަތަ ސިޓީ ކައުންސިލްގެ ސަމާލުކަމަށްވެސް އައިސްފަ ނުވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް އެހެން ސިޔާސީ ޕާޓީއަކުން މަގެއްގެ މަތީގައި އެކުގައި ހިނގާލަން ނިކުތްކަމުގައި ވީނަމަވެސް ފެންނަނީ ފުލުހުން އެމީހުން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރެވެ.

ޕީއެންސީގެ ތެރޭގައި ހިނގަމުން އަންނަ ކޮރަޕްޝަންގެ އެތައް މައްސަލައެއް ވަނީ ހެއްކާ އެކު ފެންމަތިވެފައެވެ. ނަމަވެސް މިކަމަށް އެޕާޓީ ޖަވާބުދާރީކުރުވާނެ އެއްވެސް ގާނޫނީ ބާރެއް ރާއްޖޭގައި ނެތްފަދައެވެ.

މިއަދު ކުރިއަށްދިޔަ ޖުމްހޫރީދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކުރުމަށް ކަމަށެވެ. މި އަދުލު އިންސާފު ފެންނާނީ ކޮންއިރަކުން ކަމާމެދު ސުވާލު އުފެދެއެވެ.

ނޮވެމްބަރު 14 ވަނަ ދުވަހު ސަރުކާރުން ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ސަރުކާރުގެ ކުންފުނީގެ މުވައްޒަފުންވެސް ގެންނަނީ ޖަލްސާގައި މީހުން ގިނަ ކުރުމަށެވެ. އެމީހުންނަށް ވަޒީފާގެ ބިރު ދައްކައިގެންނެވެ. ހާހުން ފައިސާ ދީގެން ހާޒިރީ މާކުކޮށްގެންނެވެ.

މި ހުއްޓުވުމަށް ގޮވާލާ ކޮރަޕްޝަންގެ އަސްލަކީ ހަގީގަތުގައި ޕީއެންސީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved