March 16, 2026
Advertisement
.
. / ރައީސް އޮފިސް

އަނެއްކާވެސް ބޮޑު ދޮގެއް: ރައީސް މުއިއްޒުގެ ތަރުޖަމާނު ދެއްވި ވަގުތު ހަމަވީއިރުވެސް ފުވައްމުލައް ސިޓީއަށް ފެން ނުލިބޭ

Yana Shareef
ޔާނާ ޝަރީފް
Nov 12, 2025, 04:43 AM

ފުވައްމުލަކު ސިޓީގެ ފެން ތަޣައްޔަރުވެފައިވާތީ އެކަން ހައްލުކުރުމަށް ރައީސް އޮފީގެ ތަރުޖަމާނު ހީނާ ވަލީދު ދެއްވި ވަގުތު ހަމަވީއިރުވެސް އެ ސިޓީއަށް ފެން ލިބިފައިނުވާކަން ހާމަވެއްޖެއެވެ.

Advertisement

އިއްޔެގެ މެންދުރުން ފެށިގެން ފުވައްމުލަކުގެ ފެނުގެ ޙިދުމަތް ވަނީ ކެނޑިފައެވެ.

ފުވައްމުލަކު ސިޓީގެ ފެން ޕްލާންޓު މައްސަލަ ޖެހިފައި ހުންނަތާ މިހާރު ވަނީ 4 މަސް ދުވަސް ވެފައެވެ.

ފެނުގެ ހިދުމަތް. ނުލިބޭތީ ރައްޔިތުން މުޒާހަރާއަށް ތައްޔާރުވުމުން ހޫނުފެނަށް ވެއްޓި ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކްސްގައި ޕޯސްޓެއްކޮށްފައެވެ.

ހީނާ އެކްސްގައި ޕޯސްޓު ކުރެއްވީ މެންދުރު 14:15 ގައެވެ. އެ ޕޯސްޓުގައި ހީނާ ވަނީ ފެނުގެ ހިދުމަތް ނުދެވޭތީ އެމްއެންޑީއެފް މެދުވެރިކޮށް ފުވައްމުލަކު ރައްޔިތުންނަށް ފެން ކޭސް ފޯރުކޮށްދޭ ކަމަށާއި ހަ ގަޑިއިރުތެރޭ ފެނުގެ ހިދުމަތް އަނބުރާ ދެވޭވަރު ވާނެކަމަށް ވިދާޅުވެފައެވެ.

ހީނާ މިފަދައިން ވިދާޅުވިފަހުން މިހާރު ވަނީ 9 ގަޑިއިރު ވެފައެވެ.

އެހެންނަމަވެސް ތޭރައޮންލައިނަށް މައުލޫމާތު ދެއްވި ފުވައްމުލަކު ސިޓީގެ ރައްޔިތެއް ބުނީ އަދިވެސް އެ ސިޓީއަށް ފެން ނުލިބޭކަމަށެވެ.

އަންގާރަ ދުވަހުގެ ހަވީރު 4 ޖެހިއިރު ފެން ޕްލާންޓު ކުރިމަތީ ފެށި މުޒާހަރާގައި ފުވައްމުލަކު ރައްޔިތުން ވަނީ ފެން ތަޣައްޔަރުވެފައިވާ މައްސަލަ އަވަހަށް ހައްލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ފެނުގެ ހިދުމަތް ހޯމަ ދުވަހުގެ މެންދުރު ކެނޑުމުން ކޮންމެ ގެޔަކަށް ފުވައްމުލަކުގައި ހުންނަ ހެޕީ މާކެޓް ފިހާރައިން ވަނީ 10 ކޭސް ފެން ފޯރުކޮށްދީފައެވެ. އަދި އަންގާރަ ދުވަހު ދިވެހި ސިފައިންގެ ހިދުމަތުގެ ފަރާތުން ވެސް އެ ސިޓީގެ ގޭތަަކަށް ފެން ކޭސް ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved