March 16, 2026
Advertisement
-
- / ރައީސް އޮފިސް

މި ސަރުކާރުގައި ކަންކުރަނީ ރަސްކަމެއްގައި ވެސް ކަން ނުކުރާނެ ގޮތަކަށް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 13, 2025, 12:13 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަން ކުރަމުންދަނީ ވިރާސީ ރަސްކަމެއްގައި ވެސް ކަން ނުކުރާނެ ހާ ޚުދުމުހުތާރުކޮށް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މަލީހު ވިދާޅުވީ، ރައީސް ކަމަށް ރައްޔިތުން އިންތިހާބު ކުރީ މުއިއްޒުކަމަށާ އެހެންކަމުން ގާނޫނު ތަންފީޒުކުރަންވާނީ ރައީށްގެ އަމިއްލަ ވިސްނުމަށް ކަމަށެވެ.

އެގޮތުން މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުނަސް އެމީހާއަކީ ކުށްވެރިއެއްކަން ސާބިތު ނުވާހާ ހިނދަކު އެމީހަކާ މެދު ކަން ކުރަންވާނީ މައުސޫމު މީހެއްގެ ގޮތުގައި ކަމަށާ ނަމަވެސް މިހާރު ފެންނަމުން ދަނީ ރައީސް މުއިއްޒުގެ ބާރަށް ވުރެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުގެ ބާރު މާ ބޮޑަށް ގަދަވެފައިވާ މަންޒަރު ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ މުޅި ދައުލަތުގެ ކޮންޓްރޯލު އޮތީ ނާޒިމްގެ އަތުގައި ކަން ފެންނަ މަންޒަރުތަކުން ހާމަވާ ކަމަށާ ނަމަވެސް ރައީސް މުއިއްޒުގެ އާއިލީ ބޭފުޅަކަށްވީ ނަމަވެސް އެކަން އެހެން ހިނގައިގެން ނުވާނެ ކަމަށެވެ. ނާޒިމް ގެންދަނީ މުޅި ނިޒާމުފުނޑު ފުނޑުކޮށްލަން މަސައްކަތްކުރަމުން ކަމަށް މަލީހު ތުހުމަތުކުރައްވާފައިވެއެވެ.

މީގެ އިތުރުން ހިތަށް އެރުމާ އެކު ގާނޫނުތައް ބަދަލުކޮށް ބޭނުންވާ ކަންކަން ޙާސިލުކުރަމުންވެސް މި ސަރުކާރުން ދާކަން ފާހަގަކުރައްވާ މަލީހު ވަނީ ބިޑަކާ ނުލާ ސަރުކާރުން އެތައް ޕްރޮޖެކޓުތަކެއް ދޫކޮށްލި ދޫކޮށްލުން ކުށްވެރިކުރައްވާފައެވެ. މަލީހު ވަނީ ގާނޫނު އަސާސީ ރޫހާ ހިލާފު އަދި ޑިމޮކްރެޓިކު ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކާ ވެސް ކީލަފަށް ބިޑުތައް ނުދިނުމަށް ސަރުކާރުގެ އިދާރާތަކުގެ ޕްރޮކިއުމަންޓު މުވައްޒަފުންނަށާ އަދި އެސްއޯއީތަކުގެ ޕްރޮކިއުމަންޓު މުވައްޒަފުންނަށް ވެސް ގޮވާލައްވާފައެވެ.

މަލީހު ވިދާޅުވީ މިހާރު ފެންނަމުން ދަނީ ވަކި އާއިލާއެއްގެ މުށުތެރޭގައި ބާރުތައް އޮވެ ގައުމުގެ ކަންކަން ރަސްކަމަކަށްވުރެ ވެސް ދަށް ފަންތިއަކަށް ވެއްޓިފައިވާ މަންޒަރު ކަމަށެވެ.

މަލީހު ވިދާޅުވީ މިކަންކަން ރަގަޅު ކުރެވޭނީ އައްޑޫ ސިޓީގައި ނެގި ވޯޓުގައި ފޭދޫ ރައްޔިތުން ދެއްކި ހިތްވަރު އެހެން ރައްޔިތުންވެސް ދައްކައިގެން ކަމަށެވެ. ފާޅުގައި ސަރުކާރުން ހަދާ ގޯސްތަކާ ދެކޮޅަށް ތެދުވެގެން ކަމަށް މަލީހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved