March 16, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ފުވައްމުލަކަށް މިއަދު ފެން ލިބޭނެކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފި

Yana Shareef
ޔާނާ ޝަރީފް
Nov 12, 2025, 08:26 PM

ފުވައްމުލަކަށް އަލުން ފެން ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް ނުލިބުމުން އަނެއްކާވެސް މިއަދު ފެން ލިބިގެންދާނެކަމަށް ފެން ދޫކުރާ, ފެނަކަ ކުންފުނިން ބުނެފިއެވެ.

Advertisement

ދައުލަތު މީޑިއާ ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ ވިދާޅުވީ ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ފެން ލީކްވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިއަދު ފެނުގެ މައްސަލަ ހައްލުވާނެކަމަށް ފެނަކައިން ބުނެފައިވެ އެވެ.

އިއްޔެ މެންދުރުފަހު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކުރިޔަށް އޮތް ހައެއްކަ ގަޑިއިރު ތެރޭގައި ހައްލުކޮށް ފެން ދޫކުރަން ފަށާނެކަމަށެވެ. އެހެންނަމަވެސް އޭރުވެސް ފުވައްމުލަކަށް ފެން އަލުން ފޯރުކޮށްދިނުމަށް މަދުވެގެން ދެ ދުވަސް ބޭނުންވާނެ ކަމަށް ފެނަކައާ ހަވާލާދީ ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާތީ އެރަށުން ފެނުގެ ހިދުމަތް ކަނޑާލާފައިވާތާ ދެ ދުވަސް ވެފައިވާކަން ފާހަގަކޮށްލެވެ އެވެ. އެ ސިޓީގެ ގެ ތަކަށް ސަޕްލައިން ފެން ދިނުން ހުއްޓާލާފައި ވަނީ ބޭނުން ނުކުރެވޭ މިންވަރަށް އެ ސިޓީގެ ފެން ތަޣައްޔަރު ވުމުންނެވެ. އެ ސިޓީ އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓީމެއް ގޮސް ކުރި ޓެސްޓްތަކުން ފެން ބޭނުން ކުރުން އެކަށީގެން ނުވާކަމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފެން ނުލިބި ގިނަ ދުވަސްވާތީ އެ ސިޓީގެ ރައްޔިތުން ވަނީ އިއްޔެ މުޒާހަރާ ވެސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved