March 16, 2026
Advertisement
އޭސީސީ
އޭސީސީ / އޭސީސީ

ޚިޔާނާތުގެ 80 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ، ވީ ކިހިނެތް؟

Faina Faiz
ފައިނާ ފާއިޒް
Nov 12, 2025, 11:02 PM
މާލެ ސިޓީ

މިދިޔަ އަހަރު ހިިނގާފައިވާ ކޮރަޕްޝަންގެ މުއާމަލާތްތަކަށް އެކަނި ދައުލަތަށް 80 މިލިއަން ރުފިޔާ ލިބެން ޖެހޭކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން، އޭސީސީއިން ބުނެފިއެވެ.

Advertisement

އޭސީސީގެ މެމްބަރުން ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަދައްކަމުން ވަނީ އެ ކޮމިޝަނުގެ ބަޖެޓު އިތުރުކުރުމާ މެދު މަޝްވަރާކޮށްފައެވެ.

މިކަމާ މެދު އެ ކޮމިޝަނާ ސުވާލުކޮށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ބުނެފައި ވަނީ ވައްކަމާއި ކޮރަޕްޝަން އެ ކޮމިޝަނުގައި މިއަހަރު ތެރޭގައި އިންތިހާއަށް ގިނަވެގެން ގޮސްފައި އޮތް މަންޒަރު ފެންނަ ކަމަށެވެ. އަދި ބަޖެޓު އިތުރުކޮށްފި ނަމަ އޭސީސީގެ ކާމިޔާބީތައް ފެނިގެން ދާނެ ކަމާމެދުވެސް ވަނީ ސުވާލު އުފައްދަވާފައެފެ.

މިކަމާ ގުޅިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، މިހާތަނަށް އޭސީސީއިން ވާނީ 2025 ވަނަ އަހަރު ކުރެވިފައި ހުރި މަސައްކަތުން 2024 ވަނަ އަހަރަށް އެކަނި 80 މިލިއަނެއްހާ ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ކަމަށް ފާހަގަކުރެވިފައި އެބަ ހުރި ކަމަށެވެ.

އިތުރުން 2025 ވަނަ އަހރުގެ މިހާހަމައަށް އައި އިރުގަ ވެސް ބޮޑެތި އަދަދުތަކެއް އެބަހުރިކަމަށް ޝާމިލް ފާގަކުރެއްވިއެވެ.

ނަމަވެސް މި އަދަދުތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބޭ އަދަދުތަކާ މެދު ކަންބޮޑުވުންތަކެއް ހުރިކަން ގަބޫލުކުރައްވާކަމަށާއި، އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށްވެސް ޝާމިލް ފާހަގަކުރެއްވިއެވެ.

އޭސީސީއިން ވަނީ 84 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދިފައެވެ. ނަމވެސް ބައެއް މެމްބަރުން ވަނީ އެ އަދަދަށް ބަޖެޓު ދީފި ނަމަ އެ ކޮމިޝަނުގެ މަސައްކަތް އަވަސްވެގެން ދާނެ ކަމާ މެދު ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved