March 16, 2026
Advertisement
ރައްޔިތުންގެ މިސްރާބު ރަގަޅު ކުރުމަކީ ވެރިންގެ ޒިންމާއެއް: އަލީ
ރައްޔިތުންގެ މިސްރާބު ރަގަޅު ކުރުމަކީ ވެރިންގެ ޒިންމާއެއް: އަލީ / ސޯޝަލް މީޑިއާ

ރައްޔިތުންގެ މިސްރާބު ރަގަޅު ކުރުމަކީ ވެރިންގެ ޒިންމާއެއް: އަލީ

Mariyam Isaadha
މަރިޔަމް އިސާދާ
Nov 13, 2025, 12:33 AM
މާލެ ސިޓީ

ރައްޔިތުން ރަނގަޅު މިސްރާބާ ދިމާއަށް ގެންދިއުމަކީ ރައީސުލްހުމްހޫރިއްޔާއާ ސަރުކާރުގެ ވެސް ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

Advertisement

ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ ކަމަށާއި ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެންމެން އެކަމަށް ބޭނުންވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވިދާޅުވެފައިވަނީ، ރައްޔިތުން ތަބާ ވާނީ އެމީހުންގެ ވެރިންނަށް ކަމަށެވެ.

އެހެންކަމުން ރައްޔިތުން ރަނގަޅު މިސްރާބަކާ ދިމާލަށް ގެންދިއުމަކީ ސަރުކާރާއި އަދި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ ރައްޔިތުން ތަބާވާން ބޭނުންވާނީވެސް އެ މީހުންގެ ބޭނުންތަކަކީ ކޮބައިކަމަށްބުނެ އެ މީހުންގެ ބޮލަށް، އެމީހުން ތަބާވާ ވެރީން ވައްދައިދޭ އެއްޗަކަށް ކަމަށެވެ.

އަލީ މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމާއެކު އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވެއެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރަށް ބަލާއިރު ގައިމުވެސް ކޮރަޕްޝަން އެންމެ ބޮޑަށް ފެންނަމުން ދަނީ އެންމެ މަތި ފަނޑިއާ ހަމައިން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން އަމާޒުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved