March 16, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

ރައްޔިތުންގެ ވެރިކަމެއް ކޮށްދޭނަމޭ ބުންޏަސް ފެންނަނީ ރައްޔިތުންނާއި ދެކޮޅަށް ވެރިކަންކުރާ ތަން!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 13, 2025, 02:05 AM
މާލެ ސިޓީ

ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރުވެގެން ބޮޑެތި ޖަލްސާތައް ބާއްވާ، މި ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ދިޔަޔަސް ފެނިގެންދަނީ ރައްޔިތުންނާއި ދެކޮޅު ވެރިކަމެއް ކުރައްވަމުން ގެންދަވާ ތަނެވެ.

Advertisement

ރާއްޖޭގެ އިތުރުން ދެކުނަށް ބަލާލިއަސް ފެންނަނީ ރައްޔިތުން ހާލުގައި ޖައްސާ އެކަންކަމުގެ ސަބަބުން އެކި ދިމާތަކުން ސަރުކާރާއި ދެކޮޅަށް އިހުތިޖާޖުތައް ކުރައްވަމުން ގެންދަވާ ތަނެވެ.

އެތައް ބަޔަކު ދިރިއުޅޭ ފުވައްމުލަކު ސިޓީގެ ރައްޔިތުން ފެނަށް ޖެހި 03 ދުވަސް ވެގެން ދިޔައިރުވެސް ފެން ނުލިބި ތާހިރުވާނެ ގޮތެއް ނެތި އެ ސިޓީގެ ރައްޔިތުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. ސަރުކާރުން މައްސަލަ ހައްލުވާނެ ތާރީޚްތަކާއި ވަގުތުތައް ދެމުން ރައްޔިތުންނަށް ދެމުންދަނީ ނުފުއްދޭ އުއްމީދުތަކެވެ.

ނަމަވެސް ސަރުކާރުން ހޭބޯނާރާ މަސައްކަތް ކުރަމުންދަނީ އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މަޖުބޫރުން މީހުން ގެނެސް މި ސަރުކާރަށް ތާއީދު އޮތް ކަން ދައްކުވާށެވެ. މިވީ ދެ އަހަރު ތެރޭގައި ރައްޔިތުންނަށް އިޚްލާސްތެރި ހެޔޮ ވެރިކަމެއް ކޮށްދިންނަމަ ހުކުރު ދުވަހު ބާއްވާ މި ބޮޑު ބިޔަ ޖަލްސާއަށް ރައްޔިތުން އަންނާނީ އުފަލާއިއެކު ކަން ގައިމެވެ.

ވެރިކަން ފެށިގެން ދިޔައީ، 48 ގަޑި އިތު ތެރޭ މަސްވެރިން ބާނާ މަހަށްވާ ފައިސާ ދޭނެ ކަމަށް ވީ ވައުދު ނުފުއްދުމުން މަސްވެރިން ކުރަމުން ދިޔަ މުޒާހަރާތަކާއި އެކުގައެވެ. މި ސަރުކާރުން މަސްވެރިން ނިކަމެތިކޮށްލި ވަރަށް ނިކަމެތިކުރި ސަރުކާރެއް ނާންނަ ކަމަށް އޭރު މުޒާހަރާތެރެއިން މަސްވެރިން ގޮވަމުންދެއެވެ.

އެއާއި އެކު ދެން ފެނިގެން ދިޔައީ ހައްލުނުވި ކަރަންޓް މައްސަލައެވެ. ސްޓެލްކޯގެ ހިންގާ މީހުން ބަދަލުކުރި އިރުވެސް މި މައްސަލައަށް ހައްލެއް ނުލިބި ކޮންމެ ހަފްތާއެއްގައި އެކި މެއިންޓެނަންސްތަކުގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާތީ އެކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން، ތަކެތީގެ އަގު އިންތިހާއަށް އުފުލު، ހައްލު ނުވި ޑޮލަރުގެ މައްސަލައާއި ނުލިބުނު ފްލެޓްތަކުގެ ހައްގުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރައްޔިތުން އަންނަނީ ގޮތް ހުސްވެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ރައްޔިތުންގެ ވެރިކަމެއް ކޮށްދޭ ކަމަށް ސިފަވާ ގޮތަށް ވާހަކަ ދައްކާފައިވާއިރު ހަގީގަތުގައި އެ ކުރަމުންދަނީ ރައްޔިތުންނާއި ދެކޮޅު ވެރިކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved