theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
އުވާލަން ބުނި "ވާނުވާ ބަންދު" އަދިވެސް އުވާނުލާތީ ރައްޔިތުންގެ ޝަކުވާތައް އިތުރުވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ނޮވެމްބަރު 2025
މާލެ ސިޓީ

"ވާނުވާ" ބަންދުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ބަންދު އުވާލާ ޝަރިއަތް އަވަސްކުރާނެ ކަމަށް ރައީސް މުއިއްޒު ވެފައިވާ ވައުދު އަދިވެސް ނުފުއްދާތީ ރައްޔިތުންގެ ޝަކުވާއާއި ނުރުހުން މުއިއްޒަށް އަމާޒުކުރަން ފަށައިފިއެވެ.

މިގޮތުން، ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް، ވާނުވާ ބަންދު އުވާލަން ގޮވާލައި ބޮޑު ކެމްޕޭނެއްވެސް އާންމުން ވަނީ ފަށާފައެވެ.

ސޯޝަލް މީޑިއާގައި ވާނުވާ ބަންދު އުވާލަން ގޮވާލާ އެތައް ހާސް ޕޯސްޓެއް އެތައް ބަޔަކު ކުރަމުން އަންނައިރު މިދިޔަ ހަފުތާއެއްހާ ދުވަހު އެކްސް ޕެލްޓްފޯމްގައި ރާއްޖޭގެ އެއްވަނަ ޓްރެންޑަކަށް ވެސް އޮތީ ވާނުވާ އުވާލަން ގޮވާލަން ބޭނުންކުރަމުންދިޔަ ހޭޝްޓެގް ކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ރަށްރަށަށް ވަޑައިގެން އިމާރާތްތަކުގެ ބިންގާ އެޅުމުން ވެރިކަން ކުރެވުނީ ކަމަށް ނުވިސްނާ އުވާލާނެ ކަމަށް ބުނި ވާނުވާ ބަންދު އުވާލުމަށް ބުނެ ރައްޔިތުން އަންނަނީ އަޑުއުފުލަމުންނެވެ.

ސޯޝަލް މީޑިއާގެ އިތުރުން، ވާނުވާ ބަންދު އުވާލަން ގޮވާލައި މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކުގެ އިމާރާތްތަކާއި ފާރުތަކުގައި އަދި ބޯޑު ތަކުގައި ވެސް ވަނީ ލިޔުންތައް ލިޔެފަ އެވެ. މާލޭގެ މަގުމަތިން ވެސް އެ މަންޒަރުތައް މިހާރަކަށް އައިސް ވަރަށް ގިނައިން ފެނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ނުވަތަ ވާނުވާ ބަންދުގައި ތިބީ 435 މީހެކެވެ. މީގެ ތެރެއިން، ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަތިއްބެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved