March 1, 2026
Advertisement
މީހުން ގެނެސްގެން ޖަލްސާ ބޭއްވިޔަސް ކުރި ތަރައްގީއެއް އަދި ނުދެއްކޭނެ: ރައީސް ޔާމީން
މީހުން ގެނެސްގެން ޖަލްސާ ބޭއްވިޔަސް ކުރި ތަރައްގީއެއް އަދި ނުދެއްކޭނެ: ރައީސް ޔާމީން / ސޯޝަލް މީޑިއާ

މީހުން ގެނެސްގެން ޖަލްސާ ބޭއްވިޔަސް ކުރި ތަރައްގީއެއް އަދި ނުދެއްކޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 14, 2025, 03:00 AM
މާލެ ސިޓީ

ކިތަންމެ ގިނަ ބަޔަކު ގެެނެސްގެން ބޮޑެތި ޖަލްސާތައް ބޭއްވި ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ގެނެސްދިން ތަރައްގިއެއް ނުދެއްކޭނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފް ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ބޮޑު ސިޔާސީ ޖަލްސާއެއް ބޭއްވުމަށް ދައުލަތުގެ ފައިސާއިން ބޮޑެތި ޚަރަދުތައްކޮށް ހޭދަކުރައްވަމުން ގެންދަވާއިރު ރައްޔިތުން ތިބީ އަސާސީ ހައްގުތައް ވެސް ކަށަވަރުނުވެފައި ކަމަށެވެ.

އެގޮތުން އައްޑޫ ރައްޔިތުން ކަރަންޓާ ނުލާ އުޅޭތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފުވައްމުލަކު ރައްޔިތުން ތިބީ ފެނާ ނުލާ ކަމަށެވެ. އަދި މުޅި ރާއްޖެއަށް ބަލާއިރު ރައްޔިތުން ތިބީ އާސަންދަ ފަދަ ބޮޑެތި ހައްގުތަކުންވެސް މަހްރޫމުވެފައި ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ތާއީދާ ތަރުހީބު އޮވެ ރައްޔިތުންނަށް އެދެވިގެންވާ ޚިދުމަތެއް ކޮށްދެވުނު ނަމަ ޖަލްސާތައް ބާއްވަން އާދޭސްކޮށްގެން އަތޮޅު ތެރެއިން ރައްޔިތުން ގެންނަން ނުވެސް ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފެންނަމުން ދަނީ ރައީސް މުއިއްޒަށް ތައުރީފުކުރުވާ ސަރުކާރާ ޕީއެންސީގެ އަޅު ކުދިންކޮޅު ދައްކާ ވާހަކަތަކަކީ ކެސެޓު ރެކޯޑާރއަކުން ދައްކާފަދަ ވާހަކަތަކެއްގެ ގޮތުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މީހުން ގެނެސްގެން ޖަލްސާ ބޭއްވިޔަސް ކުރި ތަރައްގީއެއް އަދި ނުދެއްކޭނެ ކަމަށާ 2 އަހަރުވެގެންދާއިރު އެދެވިގެންވާ ހިދުމަތެއް ރައްޔިތުންނަށް ކޮށްދެވިފައިވާ މި ސަރުކާރަށް ނުވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޭކާރު ޚަރަދުތައް ނުކޮށް ދައުލތުގެ ބައިތުލް މާލުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ދައުރުގެ ބާކީ އޮތް ދުވަސްތަކުގެ ވެސް ކޮށްދެވޭތޯ ބެލުން ބުއްދިވެރި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved