
މިއަދު ދިވެހިރާއްޖޭގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް ފެންނާނީ ކޮރަޕްޝަން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މަލީހު ވަނީ ދިގު ލިސްޓަކާ އެކު ޕޯސްޓު ކުރައްވާފައެވެ. އެގޮތުން،
2. ފެނަކަ
3. އެމްއޭސީއެލް
4. ލޯކަލް މިނިސްޓްރީ
5. ސްޓެލްކޯ
7. އާރްޑީސީ
9. ދައުލަތުގެ މިނިސްޓްރީތައް ވެސް ވަނީ ކޮރަޕްޝަން އިން ފުރިފައި ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަލީހު ވަނީ ޕީވީސީ މުޒާހަރާއަކީ ވައްކަމުގެ ރަމްޒެއް ކަމަށް ވިދާޅުވެ ދައުލަތުގެ ފައިސާގެ ނަހަމަ ބޭނުން ސަރުކާރު ހިންގާ ޕާޓީއިން ނަގަމުން ދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ޖަލްސާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކޮށް ރަށް ރަށުން މީހުން މާލެ ގެންނަމުން ދާ ދަނޑިވަޅެއްގައެވެ.










