
މިރޭ ޕީޕަލްސް ނޭޝަނަލް ފޮރޮންޓް (ޕީއެންއެފް) އިން ބާއްވާ ޖަލްސާ ވަރަށްވެސް ތަފާތުވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ޕީއެންއެފް އިން ބާއްވަމުން އަންނަ މި ސިލްސިލާ ޖަލްސާތަކުގައި ސަރުކާރުގެ ސިއްރުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެމުން އަންނައިރު މި ޖަލްސާތަކަށް ރައްޔިތުންގެ ބޮޑު ތަރުހީބު ލިބެމުން އަންނަ ކަމަށެވެ.
މިއާއިއެކު މިރޭގެ ޖަލްސާގައިވެސް "ހުސްގޮނޑީގެ" ބައެއް ޙަގީގަތްތައް ހާމަވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންއަށް އިއްވާފައިވާ ޙަރާން ނުހައްގު ހުކުމުގެ ބައެއް ސިއްރުތައްވެސް ހާމަވެގެންދާނެ ކަމަށް ޖަމީލްގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މިރޭވެސް ދައުލަތުގެ މުޅި ބަޖެޓް މުއިއްޒު އަތަށް ނަގާ ލޫޓްވާލާ ގޮތް ހާމަވާނެ ކަމަށާއި ބޭންކު އޮފް މޯލްޑިވްސްގެ ކޮންފިކްޓް އޮތް ވިޔަފާރިތައް ހާމަކުރައްވާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
މިރޭ ފްރޮންޓް އޮފީސްގެ ވަރަށް ޚާއްސަ ޖަލްސާއެއް 14 ނޮވެމްބަރ (ހުކުރު ދުވަހުގެ ރޭ) މިރޭ 08:45 ގައި އޮންނާނެ ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ.










