March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕީވީސީ ޕާޓީއިން ދައުލަތް ލޫޓުވާ ގޮތް މުއައްސަސާތަކުން ބަލަން ޖެހޭނޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 15, 2025, 03:25 AM
މާލެ ސިޓީ

ޕީވީސީ ޕާޓީއިން ޖަލްސާއެއް ރައްޔިތުން އެއްކޮށް ބޭއްވީ ދައުލަތުގެ ފައިސާއިން ކަމަށް ތުހުމަތުކުރައްވާ އެކަން މުއައްސަސާތަކުން ބަލަން ޖެހޭނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު އެފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވި ގޮތުގައި ޕީވީސީ ޕާޓީއިން 120 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޖަލްސާ އެއް ބޭއްވީ ޕާޓީގެ އެކައުންޓުން ފައިސާ ޚަރަދުނުކޮށް ކަމަށާ އެހެންކަމުން އިލެކްޝަން ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓު އޮފީހުން ވެސް އެކަން ހިނގާ ދިޔަ ގޮތް ބަލަން ޖެހޭ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ނުބަލައި ތިބުމަކީ ގައުމު ލޫޓުވުމުގައި ޕީވީސީ ޕާޓީއިން ހިންގަމުންދާ ޖަރީމާގައި ބައިވެރިވުން ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved